ޚާއްސަ ޕްރޮމޯޝަނަކާއެކު ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ދަރަވަންދުއަށް

ބ. ދަރަވަންދުއަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރުމަށް އެރަށިގައި ކުރިއަށް ގެންދިޔަ ހަފްލާގެ ތެރޭން -- ފޮޓޯ: ދިރާގު

ދިރާގުން ފޯރުކޮށްދޭ އެންމެ ހަލުވި ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް ކަމައްވާ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް، ވަރަށް ޚާއްސަ ޕްރޮމޯޝަނަކާއެކު ބ. ދަރަވަންދުއަށް ތައާރަފްކޮށްފިއެވެ.

ބ. އަތޮޅުގައި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ރަށުގެ ގޮތުގައި ދަރަވަންދޫ ހިމެނިގެން ދިޔައިރު، ބުރާސްފަތި ދުވަހު އެރަށުގައިވަނީ އެކަމަށް ޚާއްސަ ކުލަގަދަ ހަފްލާއެއްވެސް ބާއްވައިފައެވެ.

ދިރާގުން ބުނީ، ދަރަވަންދޫގައި ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް ގާއިމް ކުރެވިގެންދިޔުމާއިއެކު، އެރަށުގެ ހުރިހާ ގެތަކާއި ވިޔަފާރިތަކަށް މިހާރު އެ ޚިދުމަތް ލިބޭނޭކަމަށެވެ.

ބ. ދަރަވަންދުއަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރުމަށް އެރަށިގައި ކުރިއަށް ގެންދިޔަ ހަފްލާގެ ތެރޭން -- ފޮޓޯ: ދިރާގު

މީގެ އިތުރުން ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބ. ދަރަވަންދޫން ފައިބަރ ޚިދުމަތަށް އެދޭފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނޭކަމަށް އެ ކުންފުނިން ބުނެއެވެ.

"މިހާރުވެސް ބ. ދަރަވަންދޫ ގިނަ ވިޔަފާރިތަކަކާއި ގެތަކުން މި ހިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް މި ޚިދުމަތަށް އަންނަނީ ލިބެމުން،" ދިރާގުން ނެރެފައިވާ ޕްރެސް ރިލީޒުގައިވެއެވެ.

ބ. ދަރަވަންދުއަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރުމަށް އެރަށިގައި ކުރިއަށް ގެންދިޔަ ހަފްލާގެ ތެރޭން -- ފޮޓޯ: ދިރާގު

ފައިބަރ ބްރޯޑްބޭންޑަކީ، ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، "100 އެމްބީޕީއެސް"އާ ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.

ދަރަވަންދޫގެ އިތުރުން ދިރާގުން ފައިބަރ ނެޓްވޯކް ގާއިމްކޮށް، ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ. މާފުށީ އަދި ލ. ގަމުގައެވެ.

comment ކޮމެންޓް