މުޅި އިންޑިއާ ޖީއެސްޓީއަށް ތައްޔާރުވަނީ!

އިންޑިއާގެ ބާޒާރެއްގައި ބަޔަކު ވިޔަފާރިކުރަނީ ---

ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު، އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް މުދަލާއި ޚިދުމަތުން އެއް ހަމައަކަށް ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމަށް ޓަކައި އެގައުމުން ވަރަށް ބާރަށް ތައްޔާރުވަމުން އެބަ ދެއެވެ.

އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި ވެސް ވިއްކާ މުދަލާއި ޚިދުމަތްތަކުން އެއް ހަމައަކުން ޓެކްސް ނެގުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އިންޑިއާގެ އެކި ސްޓޭޓުތަކުން ޓެކްސް ނަގަނީ އެ ސްޓޭޓެއްގެ ސަރުކާރުތަކުން ނިންމާފައިވާ މިންވަރަކަށެވެ.

އިންޑިއާގެ ޖީއެސްޓީ ނިޒާމު ޖުލައި އެއްވަނަަ ދުވަހުން ފެށިގެން ތަންފީޒުކުރުމަށް އިންޑިއާ ސަރުކާރުން ތައްޔާރުވަމުން އަންނަ އިރު، އެގައުމުގެ ވިޔަފާރިތަކުން ވެސް ދަނީ ހަލުއިކަމާ އެކު އެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންޑިއާގެ އެކިއެކި ކުންފުނިތަކުން ގެންދަނީ އެކުންފުނިތަކުގެ އެކައުންޓިންގް ިޒާމުތަކާއި އައިޓީ ސިސްޓަމްތައް، އާ ޓެކްސް ނިޒާމުގެ ދަށުން މަސައްކަތް ކުރާނެ ގޮތް ހެދުމަށް މާހިރުންގެ އެހީތެރިކަން ހޯދަމުންނެވެ.

މީގެ އިތުރުން، އިންޑިއާގެ އެކިއެކި ސްޓޭޓުތަކުގައި ދަނީ، ޖީއެސްޓީއަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ޓަކައި ތަފާތު ވޯކްޝޮޕްތައް ވެސް ބާއްވަމުންނެވެ.

މުޅި އިންޑިއާގައި އާލަމީ ޓެކްހެއް އެއްވަރަކަށް ނަގަން ފެށުން ވެގެން ދާނީ ވިޔަފާރި ކުންފުނިތަކަށް ލިބޭ ފަސޭހައަކަށެވެ. މިހާރު އޮތް ގޮތުން ކުންފުނިތައް ޖެހެނީ އެކި ސްޓޭޓުތަކުގައި އޮންނަ ޓެކްސް ގާނޫނުތަކަށް އަހުލުވެރިވެ ހެދުމެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އޭޕްރިލް މަސް ފެށުމާ އެކު، ހުރިހާ ފަރާތަކުން ވެސް އަމަލުކުރަންޖެހޭނީ އެއް ޓެކްސް ނިޒާމަކަށެވެ.

އިންޑިއާގައި ޖީއެސްޓީ ނަގަން ފެށުމުން އިންޑިއާގެ އެކިއެކި ސްޓޭޓުތަކުގެ ދެމެދުގައި ދަތުރުފަތުރުގެ އަގު ހެޔޮވެގެން ދާނެ އެވެ. ބައެއް ސްޓޭޓުތަކުގެ ބޯޑަރުތަކުގައި ޗެކްޕޮއިންޓު ބަހައްޓައި، ސްޓޭޓަށް ވަނުމަށް ވަކި ވަރަކަށް ފައިސާ ދައްކަން ޖެހޭ ޖެހުން ވެސް ނިމުމަކަށް އަންނާނެއެވެ.

comment ކޮމެންޓް