ޓައިގާ ޝްރޮފްގެ ފޮޓޯ ޝޫޓް މަނަފަރު ރިސޯޓްގައި

ޖީކިއު މެގަޒިން އަށް ޓައިގާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ---

ބޮލީވުޑްގައި ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމު ތަކުގެ ތެރެއިން "ހީރޯފަންތީ" ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. އެ ފިލްމުން ފިލްމީ ދާއިރާއަށް ބޯދިއްކޮށްލި ޓައިގާ ޝްރޮފް މިހާރުވެސް ދަނީ ބޮލީވުޑްގެ އުހުގައި ފިޔަ ޖަހަމުންނެވެ. ދާދިފަހުން ޓައިގާ ވަނީ "ޖީކިއު އިންޑިއާ"ގެ ކަވާއިން ވެސް ޖާގައެއް ހޯދާފައެވެ. އެންމެންގެ ލޯތަކުގައި ވެސް އަޅައިގަތީ ރާއްޖޭގެ ދޮންވެލި ފަސްގަނޑުގައި އޭނާ ނަގާފައިވާ ފޮޓޯ ތަކެވެ.

ޖީކިއު މެގަޒިން އަށް ޓައިގާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ---

ޖީކިއު މެގަޒިންގެ އެ ފޮޓޯ ޝޫޓް ނަގާފައިވަނީ ހއ. އަތޮޅުގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސްގައެވެ. އެ މެގަޒިންގައި ހުރި ހުރިހާ ފޮޓޯ އެއްވެސް ރީތި މޫދު ފެންނަ ގޮތަށް ނަގާފައިވާއިރު ބައެއް ފޮޓޯ ނަގާފައިވަނީ ދޮންވެލިގަނޑާ ގުޅުވައިގެން ހުސްގަޔާ ހުރެ އެވެ. ތަފާތު ފޮޓޯތައް ހުރި އިރު ސާފު ބޯޑު ހިފައިގެންވެސް ފޮޓޯ ހުއްޓެވެ.

އެ ފޮޓޯ ޝޫޓް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އަދި ފޮޓޯ ޝޫޓް ނިންމުމަށް ފަހު ޓައިގާ ވަނީ އެނބުރި އިންޑިއާއަށް ގޮސްފައެވެ. ޖީކިއު މަޖައްލާގައި އާންމު ކޮށްފައިވާ ބައެއް ފޮޓޯ ޓައިގާ ވަނީ އިންސްޓާގްރާމް ވެސް ކޮށްފައެވެ.

ޖީކިއު މެގަޒިން އަށް ޓައިގާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ---

ޓައިގާގެ ތިން ފިލްމެއް މިހާރު ރިލީޒް ވެފައިވާއިރު މިހާރު ކުރަމުން އަންނަނީ "މުންނާ މިޝެލް"ގެ މަސައްކަތާއި "އަދޫރާ"ގެ ޕްރޮޑަކްޝަންގެ މަސައްކަތްތެކެވެ. އަދި މީގެ އިތުރުން "ބާގީ 2" ގެ މަސައްކަތް ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް