ބޫޓާން މެޗުގެ ކުރިން ރާއްޖެއިން އަފްޣާނާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެނީ

28 މާޗް 2017: އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަންކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ގައުމީ ޓީމު މެޗެއް ކުޅޭ ގޮތަށް ހަމަޖެއްސީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއްޓީމު ކަމުގައިވާ އަފްޣާނިސްތާނާ ދެކޮޅަށެވެ.

އަފްޣާނާ ދެކޮޅަށް ކުޅޭ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ގައުމުގައެވެ.

އެފްއޭއެމްއިން މިއަދު ބުނެފަިއވަނީ އެ މުބާރާތުގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް އަފްޣާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ކަމަށާއި މެޗު ކުޅޭނީ ދުބާއީގައި ކަމަށެވެ. އަދި ބުނެފައިވަނީ އެ މެޗާ ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ގައުމީ ޓީމާ ބެހޭކޮމިޓީން މިހާރު ވަމުންދާ ކަމަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން 2018ގައި ރާއްޖެ ވަނީ މީގެ ކުރިން ފަލަސްތީނާ ދެކޮޅަށް މަލޭގައި މެޗެއް ކުޅެފައެވެ. އެ މެޗު 3-0 ކާމިޔާބުކުރީ ފަލަސްތީނުންނެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި ބޫޓާނާ ފަލަސްތީނާއި އެކު ދެން ހިމެނެނީ އޮމާންއެވެ.

comment ކޮމެންޓް