އެގްރިގޭޓުން އެތުލެޓިކޯގެ މައްޗަށް ކުރިހޯދައި، ރެއާލް އަނެއްކާވެސް ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެގްރިގޭޓުން އަވަށްޓެރި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރިހޯދައި، ރެއާލް މެޑްރިޑް އަނެއްކާވެސް ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި 2-1 ލަނޑުގެ ނަތީޖާއަކުން އެތުލެޓިކޯ އަތުން ރެއާލް ބަލިވި ނަމަވެސް، އެގްރިގޭޓުން ރެއާލް ކުރީގައި އޮތީ 4-2 ލަނޑުންނެވެ. މިދިޔަ ސީޒަނުގެ ފައިނަލުގައި ރެއާލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެތުލެޓިކޯ ބަލިކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެތުލެޓިކޯއިން ވަނީ ވަރުގަދަ ކުޅުމަކާއެކު ދެ ލަނޑުގެ ލީޑެއް ހޯދައި، އުންމީދު އާ ކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކޮކޭ ނަގައިދިން ހުރަހަކުން އެތުލެޓިކޯއަށް ލީޑު ހޯދައިދިނީ ސައުލް ނިގޭޒްއެވެ.

އެތުލެޓިކޯގެ ފުރަތަމަ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން އެތުލެޓިކޯއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފެނާންޑޯ ޓޮރޭސްއަށް ރަފައެލް ވަރާން ކުރި ފައުލަކާ ގުޅިގެން އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީން އެޓީމަށް ލީޑު ފުޅާކޮށްދިނީ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް އެތުލެޓިކޯއިން ނެގި ނަމަވެސް، އޭގެފަހުން ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ރެއާލުން ވަނީ ލަނޑެއްޖަހައި އެތުލެޓިކޯއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓޯނީ ކްރޫސް ފޮނުވާލި ހަމަލާއެއް ކީޕަރު ޖޭން އޮބްލަކް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްފަހުން ރެއާލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި އެ ހަމަލާ، ކީޕަރު އޮބްލަކް މަތަކުރިއިރު، މާސެލޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ

މެޗުގެ 66 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ފުޅާކޮށްލައި، ފައިނަލަށް ދިއުމަށް ކުރާ އުންމީދު އާކުރުމަށް އަލުން ފުރުސަތެއް ލިބިގެންދިޔައެވެ. ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔެނިކް ކަރާސްކޯ އަދި ކެވިން ގެމޭރޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު ކޭލާ ނަވާސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ވެސް އެތުލެޓިކޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގްރީޒްމަން ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ނަވާސްއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ރެއާލްގެ ރޮނާލްޑޯއަށް ދެ ފުރުސަތެއް ލިބިގެންދިޔައިރު، އެތުލެޓިކޯއަށް ވެސް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރޮނާލްޑޯ ފޮނުވާލި ފުރަތަމަ ހަމަލާ ގަބީ ގައިގައި ޖެހި ބްލޮކްވިއިރު، އޭނާގެ ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެތުލެޓިކޯގެ ގަބީ އަދި ގްރީޒްމަން ފޮނުވާލި ހަމަލާ ވެސް ކީޕަރު ނަވާސް ވަނީ މަތަކޮށްފައެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އިޓަލީ ޗެމްޕިއަން ޔުވެންޓަސްއެވެ.

comment ކޮމެންޓް