ޝަލަބީގެ "އާދޭސް"ގެ ޓީޒާ ވަރަށް ޝައުގުވެރި!

ޝަލަބީގެ "އާދޭސް" ލަވަ ރިލީޒް ކުރާނީ އައިޑޮލް ސީޒަން ދޭއްގެ ފައިނަލް ޝޯ ގައި----

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" ބަލާލުމަށް މިހާރު އޭނާގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭގައި އެ ލަވަ ރިލީޒް ކުރާނެއެވެ.

"އާދޭސް" ލަވަ ބަލާލުމަށް އައިޑޮލްގެ ފައިނަލް ޝޯއަށް އިންތިޒާރު ކުރަމުން ދަނިކޮށް މިއަދު ވަނީ އެ ލަވައިގެ ޓީޒާ ބެލުންތެރިންނަށް ދައްކާލާފައެވެ. ޓީޒާ ވަރަށް ވެސް ޝައުގުވެރިކުރުވައެވެ.

ޓީޒާ ފެށިގެން އަންނަނީ ތަރުތީބު ނެތް ގޮތަކަށް ގެއެއްގެ ތެރޭގައި ބައެއް ތަކެތި އުކާލާފައި ހުންނަ ތަނެއްގައި ޝަލަބީ ހުއްޓައެވެ. ދެން ހިތްހަމަ ނުޖެހި ދެރަވެ ހުރެގެން އަންހެން ކުއްޖަކާ ދިމާއަށް އޭނާއާ ދުރަށް ދިޔުމަށް އެދި ލަވަކިޔަން ފަށައެވެ. އެ ލަވަ ވެގެންދާނީ ލޯބިވެރިންނަށް ވަރަށް ހާއްސަ ލަވައަކަށެވެ. ޝަލަބީއާއެކު އެ ލަވައިން ޝަމްއަތު، ވިންފާޒް، ޔަމްމު އަދި ދާލި ފެނެއެވެ.

ޝަލަބީގެ "އާދޭސް" ލަވައިގެ ޓީޒާ-----

ޝަލަބީ މީގެ ކުރިން "އާދޭސް" ލަވަ އާ ބެހޭގޮތުން ބުނެފައިވަނީ، އެ ލަވަ އަކީ ހަނދާނުން ފޮހެލަން އުނދަގޫ ލަވައަކަށް ވެގެންދާނެ ކަމަށެވެ.

"އާދޭސް" ލަވައިގެ ޓީޒާ އާންމު ކޮށްފައިވާއިރު އެ ލަވަ ބަލާލުމަށް އަދިވެސް ތިން ދުވަހު އިންތިޒާރު ކުރަން ޖެހެއެވެ. އައިޑޮލްގެ ފައިނަލް ޝޯ ވަރަށް ވެސް ފޯރިގަދަ ވާނެއެވެ.

ޝަލަބީ ވަނީ ވަރަށް ފަހުން "ބޭނުމޭ އިޝްގާ" ލަވައިގެ ކަވާ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މިހާރުވެސް ޝަލަބީ އަންނީ އޭނާގެ ފޭނުންނަށް ހަދިޔާ ކުރުމަށް ބައިވަރު މަަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް