ރަންބީރާ އިންނާނޭ މީހަކު ހޯދުމަށް ނީތޫ ލަންޑަނަށް؟

ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ ކައިވެނީގެ ކަންކަން ނިންމުމަށް އޭނާގެ މަންމަ، ނީތޫ ކަޕޫރު އާ ދެމީހުން ލަންޑަނަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާގޮތުން ރަންބީރު އަވަހަށް ކައިވެނި ކުރުމަށް އޭނާގެ މަންމަ ނީތޫ އަދި ބައްޕަ ރިޝީ ކަޕޫރު ވެސް ބޭނުންވެ އެވެ. އެހެންކަމުން ރަންބީރު ކައިވެނި ކުރަން ރަނގަޅު ކުއްޖަކު ހޯދައި އޭނާގެ އާއިލާ އާ ބައްދަލު ކުރުމަށް މަންމަ އާއެކު ރަންބީރު މިހާރު ހުރީ ލަންޑަން ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަންބީރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަންޖޭ ދަތުގެ ބަޔޮޕިކްގައެވެ. ނަމަވެސް ހަފްތާއެއްގެ ޗުއްޓީއެއް ނަގައިގެން ރަންބީރު ވަނީ މަންމަ އާއެކު ޗުއްޓީ އަކަށް ފުރައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ޗުއްޓީ އަކީ ރަންބީރުގެ ކައިވެނީގެ ކަންކަން ނިންމުމަށް ނެގި ޗުއްޓީ އެކެވެ. ރަންބީރު ބައްދަލު ކުރަން ދިޔަ އަންހެން ކުއްޖާ އަކީ ލަންޑަންގައި ވަރަށް މަގުބޫލު، ނަން ހިނގާ އާއިލާ އެއްގެ ކުއްޖެއް ކަމަށްވެ އެވެ.

ރަންބީރު އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ ބަތަލާ ކެޓްރީނާ ކައިފް އާއެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ދެމީހުން ވަކިވީ ދާދި ފަހުންނެވެ. އެއަށްފަހު ދެމީހުންގެ ދޭތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، އެކުގައި މަސައްކަތް ކުރުމަށް ވެސް ހުރަސްއެޅިގެން ދިޔައެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ރަންބީރު މިހާރު ވަނީ "މޫވް އޮން" ކޮށްފައެވެ. އަދި ކެޓްރީނާ އާ އަލުން ގުޅުން ބަދަހި ކުރަން ރަންބީރު ބޭނުން ނުވާކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަންބީރު އާއި ކެޓްރީނާ އެކީގައި ދިރިއުޅެން ފެށުމުން ވެސް، އޭނާގެ މައިންބަފައިން ވަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ނީތޫ ބުނީ ރަންބީރަކީ ވަރަށް ހިތް ތިރި އަދި އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެއް ކަމަށާއި، އޭނާ ބޭނުންވާނީ ވެސް އެކަހަލަ އަނތްބެއް ކަމަށެވެ.

comment ކޮމެންޓް