އެންމެ މޮޅު ޑައިރެކްޓަރު އަދި ބަތަލާގެ އެވޯޑު ކޮންކޮނާ ހޯދައިފި

ލިޕްސްތިކް އަންޑާ މައި ބުރްކާ ގެ މަންޒަރެއްގައި ކޮންކޮނާ: އެ ފިލްމުން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދާފައި ---

މި އަހަރުގެ ނިއު ޔޯކް އިންޑިއަން ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ޑައިރެކްޓަރު އަދި ބަތަލާގެ އެވޯޑު ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ކޮންކޮނާ ސެން ޝަރްމާ ހޯދައިފި އެވެ.

ކޮންކޮނާ އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައި ވަނީ އޭނާގެ ފުރަތަމަ ޑައިރެކްޝަން 'އަ ޑެތް އިން ދަ ގުންޖް' އިންނެވެ. އަދި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައި ވަނީ 'ލިޕްސްޓިކް އަންޑާ މައި ބުރްކާ' ގައި އަދާކޮށްފައިވާ ރޯލުންނެވެ.

'އަ ޑެތް އިން ދަ ގުންޖް'ގެ މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ކަލްކީ ކޮއެޗްލިން، ވިކްރާންތު މަސޭ، ޖިމް ސަރްބް އަދި ތަނޫޖާ އެވެ. އޭގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ދުނިޔެ ދޫކުރި އޯމް ޕޫރީގެ މުހިންމު ރޯލެއް ވެސް ފިލްމުގައި ހިމެނެ އެވެ.

އެއީ 1979 ވަނަ އަހަރުގެ ފިނި މޫސުމުގައި ޗުއްޓީ ހޭދަކޮށްލުމަށް ދާ އާއިލާ އަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ކޮންކޮނާ އަކީ ކޮންމެ ރޯލެއް ވެސް ވަރަށް ފުރިހަމަ އަށް ގެނެސްދޭ ކުޅަދާނަ އެކްޓަރެކެވެ.

comment ކޮމެންޓް