ފަހަތުން އަރައި އެމްޕީއެލް ބަލިކޮށް އެމްއާރްޑީސީއަށް ޗެމްޕިއަންކަން

އެމްއާރްޑީސީން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު އުފާ ފާޅުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، އެމްއާރްޑީސީން ކްލަބްމޯލްޑިވްސް ކަޕް ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މާފަންނު ވެލި ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެމްއާރްޑީސީން މުބާރާތުގެ ތަށި ހޯދީ އެމްޕީއެލް ބަލިކޮށްގެންނެވެ.

މެޗު ފެށިގެން ފުަތަމަ ގޯލެއް ޖަހައި ކުރި ހޯދީ އެމްޕީއެލުންނެވެ. އަދި އޭގެ ފަހުން ވެސް އެމްޕީއެލްއިން ވަނީ އިތުރު ދެ ގޯލް ޖަހައި އުންމީދު އައުކޮށްފައެވެ. އެމްޕީއެލްގެ ފުރަތަމަ ދެ ގޯލް ހުޒެއިފަތު ކާމިޔާބުކުރިއިރު ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު(ރޮނާ)އެވެ.

ރޮނާގެ ގޯލަށްފަހު އެމްއާރްޑީސީން އެމްޕީއެލް ގޯލަށް ނުރައްކާ ކޮށްފައިވައިރު އެ ޓިމުން ވަނީ އެއް ގޯލެއް ކާމިޔަބުކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަދުހަމްއެވެ. ނަމަވެސް އަދުހަމް ލަނޑެއް ޖެހިތާ މާގިނަ އިރުތަކެއް ނުވެ ރޮނާ ވަނީ އެމްޕީއެލްއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

އެމްޕީއެލްއިން ތިން ލަނޑުގެ ލީޑެއް ދަމަހައްޓަނިކޮށް ފަހަތުން އަރައި ފުލުފުލުގައި ޖެހި ތިން ލަނޑުން އެމްއާރްޑީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަކްރަމް އަބްދުލް ގަނީ، އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު ލިޔާހް ކާޟިޔަބުކޮށްދިން ލަނޑުން ނަތީޖާއެއް ވަރުވިއިރު އެމްއާރްޑީސީން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީން ކުރި ހޯދައިގެންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބީއެމްއެލްއެެވެ.

comment ކޮމެންޓް