ވިމެން ފުޓްސަލް ފިއެސްޓާގެ ފައިނަލް މާދަމާ ހަވީރަށް ފަސްކޮށްފި

މާދަމާ 18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ތެރެއިން--ފޮޓޯ/ ކްލަބް މޯލްޑިވްސް

18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު މާދަމާ ހަވީރު ބާއްވާ ގޮތައް އަލުން ތާވަލްކޮށްފި އެވެ.

މިރޭ 8:45 ގައި ކުޅެން ކުރިން ހަމަޖެހިފައިވާ މެޗު ލަސްކުރީ ވެރިރަށް މާލޭ ސިޓީއަށް މޫސުން ގޯސްވެ، ވާރޭ ވެހެމުން ދިޔުމާ ގުޅިގެންނެވެ.

ކްލަބް މޯލްޑިވްސް ގެ ވެބސަައިޓްގައި ބުނެފައި ވަނީ މިރޭ ކުޅޭ މެޗު މިހާރު ކުޅެން ހަމަޖައްސާފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ.

މާފަންނު ވެލިދަނޑުގައި ކުޅޭ އެ މުބާރަތުގެ ފައިނަލް މެޗުގައި ފެނަކަ އެއްކޮޅުން ވާދަކުރާއިރު އަނެއް ކޮޅުންވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. ފެނަކަ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މާދަމާ 18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗް ކުޅެން ހަމަޖެފައިވާއިރު މާދަމާ ރޭ ކްލަބް މޯލްޑިވްސްގެ ފައިނަލްވެސް ކުޅެން ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ވާދަކުރާނީ އެމްޕީއެލް އަދި އެމްއާރްޑީސީއެވެ. މެޗު ފަށާނީ މާދަމާރޭ 8:45 ގައެވެ.

comment ކޮމެންޓް