"މީ ލޯތްބަކީ"ގެ މިސްރާބު ވާދާޢީ ޝޯތަކާ ދިމާއަށް!

"މީ ލޯތްބަކީ" ގެ ތަރިންނާއި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޕޯސްޓަރެއްގައި---

ޑާކްރެއިން އެންޓަޓެއިންމެންޓުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރި ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ"ގެ ވަދާއީ ޝޯތައް ދައްކަން ނިންމައިފިއެވެ.

ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު އެ ފިލްމުގެ ވަދާޢީ ޝޯތައް ދައްކަން ނިންމީ މިހުގެ 11، 12، އަދި 13 ވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޝޯތައް ދައްކަމުން ދަނިކޮށް އޮލިމްޕަސް ސަރަހައްދު މަގު ހަދާތީ ފިލްމުގެ ޝޯތައް އެޅުވުން މަޑު ޖައްސާލުމަށް ފަހު މި މަހުގެ 4، 5، އަދި 6 ވަނަ ދުވަހުގެ ރޭ ވަނީ އިތުރު ޝޯ ތަކެއް ދައްކާފައެވެ.

މީ ލޯތްބަކީ ފިލްގެ މަންޒަރެއް --

'މީ ލޯތްބަކީ"ގެ ވާދާއީ ތިން ޝޯގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.

"މިހާރު ޓިކެޓް ހަމަ އޮލިމްޕަހުން ލިބޭނެ. ވަރަށް ފޯރިގަދަ ޝޯތަކެއް ކުރިން ތިން ރޭ ވެސް މިދެއްކުނީ. ވަރަށް ހިތްހަމަޖެހޭ،" ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

މާލޭގައި ވަދާއީ ޝޯތައް ދައްކަން ފަށާއިރު އެ ފިލްމު އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް ދައްކާނެއެވެ. އެގޮތުން އައްޑޫ އަތޮޅުގައާއި ހދ. ކުޅުދުއްފުށީގެ އިތުރުން ޅ. ހިއްނަވަރު ގައި ވެސް ފިލްމު އަޅުވަން ދަނީ ތައްޔާރުވަމުންނެވެ.

"މީ ލޯތްބަކީ" ގެ ބައެއް މަންޒަރުތަކާއެކު---

މާލެ، ހުޅުމާލެ. ވިލިމާލެ އަދި ކ.ހުރާގެ ބައެއް މަންޒަރުތައް ފެނިގެންދާ އެ ފިލްމުގެ ލީޑުރޯލުން ފެނިގެންދަނީ މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ. އެ ފިލްމުން މުޅިން އާ ތަރިންނާއި މިހާރު ފިލްމީ ދާއިރާގެ ތަޖުރިބާ ކާރު ތަރިން ފެނެއެވެ.

ލޯބީގެ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމަކީ އެކުވެރިންނާ އެކު ގޮސް ބަލާލަން ރަނގަޅު ފިލްމެކެވެ.

comment ކޮމެންޓް