ބާސާގައި އިތުރަށް މަޑުކުރުމަށް މެސީ ދެކޮޅުހަދައިފި!

ބާސާއިން ދަނީ އެޓީމުގެ އާޖެންޓީނާ ތަރި މެސީއާއެކު ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތްކުރަމުން --- ފޮޓޯ/ އީޕީއޭ

ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާން، އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ދެކޮޅުހަދައިފިއެވެ.

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެސީގެ ކޮންޓްރެކްޓް ހަމަވާއިރު، ބާސާއިން ވަނީ، އެއްބަސްވުން އާކުރުމަށް، އަހަރަކު 25-30 މިލިއަން ޕައުންޑުގެ އަގުބޮޑު ހުށަހެޅުމެއް މެސީއަށް ހުށަހަޅައިފައެވެ.

މެސީގެ އެއްބަސްވުން އާކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ބާސާއިން ވަނީ އޭނާގެ އޭޖެންޓް އަދި ބައްޕަ ޖޯޖްއާއެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް، ކުރިއެރުމެއް ނުލިބި، މެސީގެ ބައްޕައާއެކު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ކުރިއަށް ގެންދާ މަޝްވަރާތައް އަދިވެސް ނިންމައެއް ނުލައެވެ.

ރިޕޯޓުތައް ބުނާގޮތުން، މެސީގެ ފަރާތުން ބާސާގެ އެއްބަސްވުން އާކުރުމަށް މިވަގުތަށް ނޫނެކޭ ބުނި ނަމަވެސް، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ މަޝްވަރާތަކަށް އިތުރުކުރި އެރުމެއް ލިބޭނެއެވެ.

comment ކޮމެންޓް