މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

ރައީސް އޮފީސް -- ސަން ފައިލް ފޮޓޯ

މާދަމާއަކީ ރަސްމީ ބަނދު ދުވަހެއް ކަމަށް ކަނޑައަޅައި ރައީސް އޮފީހުން އެކަން އިއުލާނު ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލޫ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ މާދަމާ ބަންދު ދުވަހެއް ކަމަށް ހަމަޖެއްސީ ގިނަ އަދަދެއްގެ މުވައްޒަފުން ކައުންސިލް އިންތިހާބުގެ މަސައްކަތުގައި އުޅެން ޖެހިފައިވުމާ ގުޅިގެން ލުއިފަސޭހައަށް ޓަކައި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު އަށަކުން ފެށިގެން ކުރިއަށްދާ އިރު ގިނަ ފޮށިތައް ބަންދު ކުރާނެ ކަމަށް ބެލެވެނީ މިރޭ އަށެއް ޖަހާއިރު އެވެ.

ބައެއް ވޯޓު ފޮށިތައް މިހާރު ބަންދު ކޮށްފައިވާ އިރު 6:30ގައި ވޯޓު ގުނަން ފަށާނެ އެވެ.

comment ކޮމެންޓް