ދުވަސްވީ މީހުންގެ އާދަތައް ބަހައްޓާނެ ގޮތް ބުނެދޭން ނަރުހުން ހަރަކާތެއް ހިންގައިފި

ނަރުހުންގެ ދުވަސް ފާހަގަ ކުރަން މިއަދު ހިންގި ހަރަކާތުގެ ތެރެއިން-- ފޮޓޯ/ އައިޖީއެމްއެޗް

އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ އާދަތައް ބުނެދީ ހޭލުންތެރި ކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނަރުހުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަސް ފާހަގަ ކުރަން މިއަދު ރަސްފަންނުގައި ހިންގި އެ ހަރަކާތުގައި ދުވަސްވީ ވީ މީހުންގެ ކެއުމާއި ބުއިމުގެ އާދަތަކާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަން ބުނެދީ ގޭގައި ކުރާނެ ކަސްރަތުތައް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މަގުސަދަކީ ނަރުހުންގެ ފަރާތުން ދުޅަހެޔޮ ވެއްޓެއް މުޖުތަމައުގައި ގާއިމް ކުރުމަށްޓަކައި އެކި އުމުރުފުރާގެ މީހުންނަށް ސިއްހަތާ ގުޅޭ މައުލޫމާތު އަންގައި ދިނުން،" އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެކި އުމުރު ފުރާތަކަށް އަމާޒްކޮށްގެން އެފަދަ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް