ފަސިންޖަރުންގެ އަތްދަބަސް ކަސްޓަމުން ވެސް ސްކްރީން ކުރަން ފަށައިފި

ކަސްޓަމްސް މުވައްޒަފުންތަކެއް ލަގެޖް ސްކޭން ކުރުމުގެ މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖެ އަނަންނަ ފަސިންޖަރުންގެ އަތްދަބަސް ސްކްރީން ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ފަށައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް "ސަން"އަށް މިއަދު ވިދާޅުވީ ޚާއްސަ މެޝިނެއްގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލްގައި ފަސިންޖަރުންގެ ދަބަސްތައް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަތްދަބަސް ސްކްރީން ކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ރާއްޖެ ގެންނޭތޯ ބެލުމަށް ކަމަށެވެ.

"ވަރަށް ގިނަ ޓެކްނިކްސްތަކުން ޗެކްކުރާނެ. ޗެކްކޮށްފަ ޝައްކު ކުރެވިއްޖެއްޔާ ދަބަސް ހުޅުވާނީ. އެހެން ނޫނިއްޔާ ނުހުޅުވާނެ،" ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަސިންޖަރުންގެ އަތްބަދަސް ޗެކްކުރާނީ އިމިގްރޭޝަނުން ޗެކްކޮށްނިމުމުންނެވެ. ޝަރީފް ވިދާޅުވީ ފަސިންޖަރުންގެ އަތްދަބަސް ޗެކްކުރަން ގިނަ ވަގުތު ނުނަގާނެ ކަމަށާއި އެކަމަށް ނާގަނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.

comment ކޮމެންޓް