މާލެއަށް ދަތުރުކުރި އިންޑިއާ ބޯޓެއް ފަރަށް އަރައިފި

ފަރަށް އެރި އިންޑިއާގެ ބޯޓް-- ފޮޓޯ: އެމްއެންޑީއެފް

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ ބޯޓެއް ކ.ހެލެނގެލި ރިސޯޓްގެ ދެކުނަށް އޮންނަ ފަރުގެ އިރުމަތީފަރާތަށް އަރައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއާގެ 8 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި އެހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެބޯޓް ފަރަށް އެރީ ރޭ ފަތިހު ކަމަށާއި އެމްއެންޑީއެފްއަށް 5:10 ކަންހާއިރު އެކަން ހުށައެޅުމުން ކޯސްޓްގާޑުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެބޯޓަކީ ތަރުކާރީއާއި ބައެއް އާންމު މުދާ ހިފައިގެން ދަތުރުކުރި "އެމްއެސްވީ ދައުލަ 1" ނަމަކަށްކިޔާ އިންޑިއާ ބޯޓެކެވެ. އެ ބޯޓަކީ 35 މީޓަރުގެ ބޯޓެކެވެ.

comment ކޮމެންޓް