ރެލިގޭޝަން ޒޯނުގައި އޮތް ސްވެންސީ އަތުން މެންޔޫއަށް ޕޮއިންޓެއް

ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ސްވަންޒީ ކޮޅަށް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވޭން ރޫނީ ކާމިޔާބުކުރަނީ. މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެން -- ފޮޓޯ: އޭޕީ

ޕްރިމިއާ ލީގުގައި މިރޭ ސްވެންސީ ސިޓީއާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މެންޗެސްޓާ ޔުނައިޓެޑުން ރަނގަޅު ފުރުޞަތު ތަކެއް ތަނަވަސް ކުރި ނަމަވެސް އެއިން ފުރުޞަތަކުން ގޯލް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަނިޔާގެ ސަބަބުން ބޮޑެތި އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހިފައިވާ ޔުނައިޓެޑަށް މި މެޗުގައި ލަނޑެއް ޖަހައި އުންމީދު އާ ކޮށްދިނީ ވޭން ރޫނީއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ.

މާކޮސް ރަޝްފޯޑަށް ސްވެންސީ ސިޓީގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ރޫނީ ކާމިޔާބުކުރި ލަނޑާ އެކު ދެވަނަ ހާފު އެޓީމުން ފެށިއިރު ދެވަނަ ހާފު ދިޔައީ މޮރިނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ކުޅުންތެރީންނަށް މާ ފަސޭހަ ހާފަކަށް ނޫނެވެ.

ސްވެންސީ ސިޓީގެ ގިލްފީ ސިގާޑްސަން ވަނީ މެޗުގެ 79 ވަނަ މިނިޓްގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ނަތީޖާއާއެކު މެންޗެސްޓާރ ޔުނައިޓެޑް ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ 34 މެޗުން ލިބުނު 65 ޕޮއިންޓާ އެކުއެވެ. ސްވެންސީ އޮތީ 32 ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.

comment ކޮމެންޓް