އޭޝިއާގެ އިވެންޓަކުން މެޑަލް ހޯދާއި ސާއިދު ތާރީހުގެ ތެރެއަށް

ހަސަން ސާއިދު ލޯ މެޑަލްއާއެކު--

އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދައުވަތު ދީގެން ކޮންމެ އަހަރަކު، އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ، އޭޝިއަން ގްރޯން ޕްރީގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އެތްލީޓަކު އޭޝިޔާގެ މުބާރާތެއްގައި މެޑަލްއެއް ހޯދި ފުރަތަމަ ފަހަރެވެ.

100 މީޓަރު ދުވުމުގައި އޭޝިއާގެ 10ގައުމަކުން 12 އެތުލީޓުން ވާދަކުރިއިރު ސާއިދު ތިން ވަނަ ހޯދީ 10:40 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދުއަށް ވުރެ ފަސް ސިކުންތު ކުރިން ރޭސް ނިންމައިގެ މި ރޭހުގެ އެއް ވަނަ ހޯދީ ޗައިނާގެ ޒޫ ހައިޔާނެވެ. ސާއިދު އަށް ވުރެ އެއް ސިކުންތު އަވަހަށް ނިންމައިގެން ދެ ވަނައަށް ދިޔައީ އިންޑޮނީޝިއާގެ ޔަސްޕީ ބޮބީ އެވެ.

ސާއިދަށް ލޯ މެޑަލް ލިބުނު އިރު މިއީ އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ރާއްޖޭގެ އެތުލީޓަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖެދުށް އެންމެ ބާރު ދުވުންތެރިއާ އަދި މި ކާމިޔާބީ ހިމެނޭ ގޮތައް އެންމެ ކާމިޔާބު އެތްލީޓްވަނީ މީގެ ކުރިން ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދާފައެވެ. އަދި ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ޖާގަ ހޯދާ މިހާތަނަށް ރާއްޖޭގެ އެއްވެސް އެތްލީޓަކަށް ނުހޯދޭފަދަ ވަނަތައް ހޯދާފައެވެ.

comment ކޮމެންޓް