"ހައްދު"ގެ ޝޫޓިން ފެށުމުގެ ކުރިން ރިޝްފާ ޗުއްޓީ ހޭދަކޮށްލުމަށް ލަންކާގައި

ރިޝްޕާ ލަންކާގައި ނަގާފައިވާ ސެލްފީއެއް---

ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި އެންމެ ރީތި ބަޠަލާއިންގެ ތެރޭގާއި ހިމެނޭ އައިމިނަތު ރިޝްފާ އޭނާގެ ކުރިޔަށް އޮތް ފިލްމު "ހައްދު" ގެ ޝޫޓިން ފެށުމުގެ ކުރިން ސްރީލަންކާގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ރިޝްޕާ ޗުއްޓީއަށް ލަންކާއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޗުއްޓީގެ ދުވަސްތައް ހޭދަކުރަމުން އަންނަނީ ލަންކާގެ ވެއްލަވައްތާގައެވެ.

އޭނާ މިފަހަރު ލަންކާއަށް ގޮސްފައިވަނީ 18 ދުވަހު ބެންކޮކްގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެ އައިސްފައެވެ.

ރިޝްޕާ އޭނާގެ ރަހުމަތްތެރިޔާ އެކު---

ރިޝްފާއަކީ ދަތުރު ކުރުމަށް ލޯބިކުރާ ފަންނާނެކެވެ. މިހާތަނަށް އޭނާ ވަނީ ވަރަށް ގިނަ ގައުމުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި، މެލޭޝިއާ، ސިންގަޕޫރް، އިޓަލީ، ޖާރމަނީ، ޖަޕާން، ޗައިނާ، ހޮންކޮންގް، މަކާއޯ ފަދަ ގައުމުތައް ހިމެނެއެވެ.

ރިޝްފާ ބުނީ، މިދަތުރައި ލަންކާއަށް ގޮސް އުޅެނީ ބޭނުންވާ ބައެއް އެއްޗެހި ގަތުމަށާއި މަޖާކޮށްލަން ކަމަށެވެ.

" ޝޮޕިން ކޮށްފަ، ދެން ހަމަ މިހެން މަޖާކޮށްލަން ވެގެން. ވަރަށް މަޖާ ޓްރިޕެއް މިވެސް،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ރިޝްފާ ބުންޏެވެ.

ރިޝްފާ، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އޭނާ ދަނީ ޗުއްޓީގެ ދުވަސްތައް އެންމެ ފުރިހަމަ އަށް ހޭދަކުރަމުން ކަމަށް ބުންޏެވެ.

ރިޝްޕާ ބަހެއްގެ ތެރޭގައި---

ރިޝްފާ ރާއްޖެ އައިސް "ހައްދު" ގެ ޝޫޓިން ފަށާނެއެވެ. ދެން އޮންނާނީ ރިޝްފާ އެ ފިލްމުގައި ކުޅެން ހަމަޖެހިފައިވާ މަންޒަރުތައް ޝޫޓް ކުރުމެވެ. "ހައްދު"ގެ ލިޑުރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި ރިޝްފާގެ އިތުރުން މުޅިން އާ ތަރިއެއް ކަމަށްވާ އަހްމަދު ޝިބާނެވެ.

ރިޝްފާ އަކީ މިހާރު ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ތަރިއެކެވެ. "ނޭނގި ޔާރު ވަކިވީ"، "ދިލަކަނި" އާއި "އަހްޝަމް" ފަދަ ފިލްމު ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާއިރު އޭނާ ވަނީ ފާތިމަތު ނަހުލާގެ ދެ ޑްރާމާ ސީރީޒް "ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" ފަދަ ޑްރާމާ ތަކުގައި ވެސް މުހިއްމު ރޯލަކުން ފެނިގެންގޮސްފައެވެ.

comment ކޮމެންޓް