ފޭރުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ފުލުހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވާ ދެ މީހުން ރީނދޫ ބޮޅުގެ ތެރޭގައި ---

ފުލުހުން ތަހުގީގު ކުރަމުން އަންނަ ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދައިދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުން ތަހުޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ސައިކަލެއްގައި ދުއްވާފައިދާ ދެ މީހެއްގެ ވީޑިއޯ އެ އިދާރާއިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯ އިން ފެންނަނީ ސައިކަލެއްގައި އިން އަންހެނަކާއި ފިރިހެނެއް މަގުމަތީގައި ހުރި އެހެން އަންހެނަކާއި މުއާމަލާތެއް ހިންގުމަށް މަޑުކޮށްލައިގެން ހުރުމަށްފަހު ސައިކަލްގައި ދުއްވާފައި ދާ މަންޒަރެވެ. އަދި ސައިކަލް ދުއްވާލުމާ އެކު މަގުމަތީގައި ހުރި އަންހެން މީހާ އެ ސައިކަލް ފަހަތުން ދާ މަންޒަރު ވެސް ފެނިގެންދެއެވެ.

ފުލުހުން ބުނީ އެ ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވަ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3321111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

comment ކޮމެންޓް