އިންސްޓަގްރާމް އާ ގުޅުނު ފުރަތަމަ ދުވަހު ވެސް ކެޓްރީނާ އަށް އެއް މިލިއަން ފޮލޯވަރުން

ބޮލީވުޑުގެ ބަތަލާ ކެޓްރީނާ ކައިފް އިންސްޓަގްރާމް ބޭނުން ކުރަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި، އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާ ބޭނުން ކުރަން ފެށި ކެޓްރީނާ އިންސްޓަގްރާމްއާ ގުޅިފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ.

ކެޓްރީނާ މިހާތަނަށް ޕޯސްޓު ކޮށްފައި ވަނީ އެންމެ ތިން ފޮޓޯ އެވެ. ކޮންމެ ފޮޓޯ އަކަށް ވެސް ގިނަ އަދަދެއްގެ 'ލައިކްސް' އާއި ކޮމެންޓްތައް ވަނީ ލިބިފަ އެވެ.

އިންސްޓަގްރާމް އާ ގުޅުމަށް ފަހު ކެޓްރީނާ ފުރަތަމަ ޕޯސްޓު ކޮށްފައި ވަނީ އޭނާ އެންމެ ފަހުން ރާޖެއަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ އެއީ އޭނާގެ އުފާވެރި މަންޒިލް ކަމަށާއި، އެއީ މުޅިން އާ ފެށުމެއް ކަމަށެވެ.

ކެޓްރީނާ ފޮލޯ ކުރި މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މަތިވެގެން ގޮސްފައި ވީނަމަވެސް މިހާތަނަށް ކެޓްރީނާ ފޮލޯ ކޮށްފައިވަނީ މަދު ބައެކެވެ.

ކެޓްރީނާ ފޮލޯ ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރާއި، މަނީޝް މަލްހޯތުރާ، ޝާހް ރުކް ޚާން، އާލިއާ ބަޓް، އަމީތާބް ބައްޗަން ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ކެޓްރީނާ މިހާރު ބުރަކޮށް އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ޖައްގާ ޖާސޫސް"ގެ މަސައްކަތުގައެވެ. އަނޫރާގު ބާސޫ ޑައިރެކްޓްކުރާ އެ ފިލްމުގައި ކެޓްރީނާ ފެންނާނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ، ރަންބީރް ކަޕޫރެވެ. އެ ފިލްމަށްފަހު ދެން ކެޓްރީނާ ފެނިގެންދާނީ ސަލްމާން ޚާންއާއެކު "ޓައިގާ ޒިންދާ ހެއި" އިންނެވެ.

comment ކޮމެންޓް