ސޯނަމްގެ މާމަ މަރުވެއްޖެ

ސޯނަމް އޭނަގެ މާމަ އާއެކު --

ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރުގެ މަންމަ ފަރާތު މާމަ، ދްރައުޕަޑީ ހިންގޯރާނީ ބަމްބާނީ މަރުވެއްޖެ އެވެ.

ސޯނަމްގެ މާމަ، މަރުވެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މަރުވި އިރު އޭނާގެ އުމުރުން 89 އަހަރެވެ.

ސޯނަމްގެ އިތުރުން އޭނާގެ ދައްތަ ރިއާ ކަޕޫރު އަކީ ވެސް މާމަ އާއި ވަރަށް ބަދަހި ގުޅުމެއް އޮތް ދެމީހުންނެވެ. މާމަ މަރުވުމުން ސޯނަމް އަދި ރިއާ އަށް ވެސް ވަނީ ވަރަށް ފުން ހިތާމައެއް ލިބިފަ އެވެ.

ސޯނަމް ކުޑައިރު މާމަ އާ އެކު ނަގާފައިވާ ފޮޓޯއެއް އިނސްޓަގްރާމް ކުރުމަށް ފަހު ސޯނަމް ބުނީ އޭނާ އަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ދަސްކޮށްދިނީ މާމަ ކަމަށާއި ދުވަހަކު ވެސް ސޯނަމްގެ ހިތުން މާމަ ފޮހެވިގެން ނުދާނެ ކަމަށެވެ.

ސޯނަމް ވަނީ އޭނާގެ މާމަ ކޮށްދިން ހުރިހާ ކަމަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ރިއާ ޕޯސްޓު ކުރި ފޮޓޯ އާ އެކު ބުނެފައި ވަނީ އޭނާގެ ރޫހު އަދި ހިތްވަރަކީ ވެސް މާމަ ކަމަށެވެ.

comment ކޮމެންޓް