ޣާލިބްގެ މެނޭޖަރު ކަމުގެ ދަށުން ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުންވެސް މޮޅެއް

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ވިކްޓަރީން ކާމިޔާބުކޮށްފިއެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު، މޮޅުކުޅުމަކަށްފަހު ވިކްޓަރީން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

ވިކްޓަރީގެ އާ މެނޭޖަރަކަށް އަހްމަދު ޣާލިބު ހަމަޖެއްސިތާ މާ ގިނައިރެއް ނުވެ، އެޓީމުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި މެޗް ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވެލެންސިޔާއެވެ. ނަމަވެސް ވިކްޓަރީން ވަނީ މާ ގިނައިރުތަކެއް ނުވެ، މަޑުމަޑުން ގޭމް ތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް ނެގުމުގެ މަސައްތަކް ފަށައިފައެވެ.

މި މެޗުގައި ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ބޯޅަ ކޮންޓްރޯލްކޮށްގެން ކުރިއަށް ރަނގަޅު ޕާސް ތަކެއް ޖެހޭތޯ މަސައްކަތް ކުރިތަންވެސް ވަނީ ފެނިފައެވެ. އަދި ދެ އަރިމަތި ބޭނުންކޮށްގެން އޭރިއާތެރެއަށް ލީ ބޯޅަ ތަކުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހާސްކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ވިކްޓްރީގެ ފަރާތުންނެވެ. މި ލަނޑު އެޓީމުން ކާމިޔަބުކުރި ވަގުތަކީ ވެލެންސިއާއިން ކުރި އަށް ބޯޅަތަކެއް ކުޅެ ވިކްޓަރީގެ ކީޕަރު ބިޒީ ކޮށްލި ވަގުތެކެވެ. ވިކްޓަރީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރިކް އަންދްރޭޒް އެވެ. ވިކްޓަރީ ކުޅުންތެރިއަކު ނަގައިދިން ރީތި ހުރަހަކުން މި ލަނޑު ކެރިކް ކާމިޔާބުކުރީ 30 ވަނަ މިނިޓްގައެވެ. ހާފު ނިމިގެންދިޔައީ މި ނަތީޖާއާއެކުއެވެ.

އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފު ވިކްޓަރީން ފެށި ނަމަވެސް އެޓީމް ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ މެޗުގެ 47 ވަނަ މިނިޓްގައި ވެލެންސިއާގެ ދިމޯދޫ ގޮޑް ފްރޭ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރުމުންނެވެ.

ވިކްޓަރީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ، މެޗުގެ 59 ވަނަ މިނިޓްގައި ކެޕްޓަން މެސީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. ވިކްޓަރީން ކާމިޔާބުކުރީ ތިންވަނަ ލަނޑަކީ ވެލެންސިއާގެ ތަޖުރިބާ ކާރު ޑިފެންޑަރު މުހައްމަދު ޝިފާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އާ މެނޭޖަރަކާއެކު ނުކުމެ ވިކްޓަރީން މިރޭ ހޯދި ތިން ޕޮއިންޓާއެކު ޖުމުލަ 6 ޕޮއިންޓު ހޯދައިގެން އެޓީމު މިވަގުތު އޮތީ ތާވަލްގެ ހަވަނައިގައެވެ. ވެލެންސިއާ އޮތީ ތާވަލްގެ ފުލުގައެވެ.

comment ކޮމެންޓް