ދަނޑުމަތީގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ނިޔާވެއްޖެ

ކ. ތުލުސްދޫ: އެރަށުގައި މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ، ދަނޑުމަތީގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ނިޔާވެފައި -- ފޮޓޯ: ކެނޮޮޕަސްރިޓްރީޓް

ކ. ތުލުސްދޫގައި މިއަދު ހަވީރު ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ދަނޑުމަތީގައި ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު ހިނގި އެ ހާދިސާގައި ދަނޑުމައްޗަށް ވެއްޓުނު ޒުވާނާ، ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާގެ ފުރާނަ ނެތްކަމަށެވެ.

"ބޭރުފުށުން އެއްވެސް ޒަޚަމެއް ނެތް. އޭނާ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ތުލުސްދޫގައި ފުޓްބޯޅަ ކުޅެން ހުއްޓައި ނިޔާވެފައި ވަނީ، ހުސައިން މާހިން ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ. ހުސައިން މާހިންއަކީ ތުލުސްދުއަށް ނިސްބަތްވާ މީހެކެވެ.

comment ކޮމެންޓް