ތިން ޕޮއިންޓު ގެއްލުނީ ކުޅުންތެރީންގެ ތަޖުރިބާ މަދުވީމަ: ނަޒީހު

ޔޫވީގެ މިހާރުގެ ކޯޗް މުހައްމަދު ނަޒީހު މީގެ ކުރީން ވިކްޓަރީއަށް އިރުޝާދުދެނީ --- ސަން ފައިލް ފޮޓޯ

މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާއަތުން ބަލިވީ ކުޅުންތެރީންގެ ތަޖުރިބާ ނެތުމުން ކަމަށާއި ނަމަވެސް ކުޅުންތެރީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހު ބުނެފިއެވެ.

މިއަދު ހަވީރު މާޒިޔާ އަތުން ޔޫވީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ވަކި ހިސާބަކުން ޔޫވީއާ ހަވާލުވި ކޯޗް ނަޒީހު، މެޗަށް ފަހު ބުނީ މިއަދުގެ މެޗުގައި ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމެއް ދެއްކި ކަމަށާއި އަދި މާޒިޔާ ފަދަ ބޮޑު ޓީމަކާ ދެކޮޅަށް ޔޫވީ ފަދަ ޓީމަކުން ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ.

ނަޒީހު ބުނީ އޭނާގެ ކުޅުންތެރީންގެ ކިބައިގައި މަދުވީ ތަޖުރިބާކަމަށާއި މާޒިޔާއިން ގެނައި ބައެއް ބަދަލު ތަކުގެ ސަބަބުން އެޓީމުގެ ޑިފެންސް ލައިން ޕްރެޝަރަށް ވެއްޓިގެން ދިޔަ ކަމަށެވެ.

" މިއަދު މަދުވީ ތަޖުރިބާ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި،" ނަޒީހު ބުންޏެވެ.

މާޒިޔާގެ ތަޖުރިބާ ކާރު ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނީ ކުރުމުއްދަތެއްގެ ތެރޭގައި ގިނަ މެޗުތައް ކުޅެން ޖެހުމުން އޭނާގެ ބައެއް ކުޅުންތެރީންގެ ފަރާތުން އެންމެ ރަނގަޅު ޕަފޯމަންސް ނުފެނުނު ނަމަވެސް ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަަމަށެވެ. އަދި މިއަދު ލިބިގެންދިޔައީ މުހިއްމު ތިން ޕޮއިންޓު ކަމަށްވެސް އޭނާ ބުންޏެވެ.

މި ނަތީޖާއާއެކު މާޒިޔާއިންވަނީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓަށް، މާޒިޔާގެ މަށްޗަށް ކުރި ލިބެނީ އެ ޓީމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

މިއަދު މާޒިޔާއަތުން ބަލިވި ޔޫވީ އޮތީ ލީގު ތާވަލްގެ ހަވަނަ މަގާމުގައެވެ.

comment ކޮމެންޓް