މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް އަލިހުރަސް ކަނޑަށް އަޑިއަށްގޮސްފި

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ފުރައިގެން އއ. މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަލިހުރަސް ކަނޑަށް އަޑިއަށްގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 9:45 އެހައިކަންހާއިރު ކަމަށެވެ.

ތިން މީހުންނާ އެކު ދަތުރުކުރި އެ ލޯންޗުގައި ތިބި ތިން މީހުން ކަނޑުމަތިން ނަގާފައިވަނީ، އއ. ބޮޑުފުޅަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެއީ މާލޭގެ ހުޅަނގުން 18 މޭލު ބޭރުންނެވެ.

"ޖީ ތުރޯ" ނަމަކަށްކިޔާ އެ ލޯންޗު އަޑިއަށްގޮސްފައިވަނީ ކަނޑުމަތިން އޮޔާދިޔަ އެއްޗެއްގައިޖެހި ލޯންޗު ފަޅައިގެން ދިއުމުންކަމަށް ލޯންޗުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.

އެ ލޯންޗު އޮޔާދާތީ ކަނޑުދަތުކުރާ މީހުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް