ރިޝްވަތަކީ ތަރައްގީއަށް އޮތް ހުރަހެއް: ޚުތުބާ

ކޮރަޕްޝަނަކީ ނުރައްކާތެރިވަބާއެއް--

ރިޝްވަތުދޭ މިހާއާއި ރިޝްވަތު ހިފާ މީހާ އަދި ރިޝްވަތު އުފުލާ މިހާއަށްވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ލައުނަތް ލައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، "ރިޝްވަތަކީ ތަރައްގީއަށް އޮތް ހުރަހެއް"މި މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ ރިޝަވަތަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަަމަށާއި ރިޝްވަތު ހިފުމާއި ދިނުމާއި އަދި އުފުލާ މީހައަށްވެސް އެކަލާންގެ ލައުނަތްލެއްވި ކަަމަށެވެ.

ރިޝްވަތަކީ ނުރައްކާތެރި ވަބާއެއްކަމަށާއި އެ ވަބާއަކީ ފިލުވައިލަން އެންމެ އުނދަގޫ ވަބާކަމަށް ވެސް މިއަދުގެ ހުތުބާގައި ވެއެވެ. އަދި ރިޝްވަތުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް އުނިވާކަމަށާއި އޭގެ ސަބަބުން ބައެއް މީހުންނަށް ނުހައްގުން މުއްސަނދިކަން ލިބި ގައުމުގެ ތަރައްގީއަށް ހުރަސްއެޅި ތަރައްގީގެ ދުވެލި މަޑުޖެހި މުޅި މުޖްތަމައު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށްވެސް ޚުތުބާގައި ވެއެވެ.

" ރިޝްވަތާއި ނާޖާއިޒް ފައިދާ، ހިޔާނަތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެކަން ކަމަކީ ވަރަށް އާދައިގެ ކަންކަން ކަމަށް ދުށުމަކީ ގައުމުގެ މުސްތަގުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްގީ، އަރައިނުގަނެވޭ ފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަންކަން،"

އެންމެހާ ފަރާތްތަކަށް ނަސޭހަތްދެމުން ހުތުބާގައި ބަޔާންކޮށްފައި ވަނީ، ކޮންމެ މީހަކުވެސް އެމީހަކަށް ހަވާލުވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާކޮށް، ގައުމަށާއި އުންމަތަށް ފައިދާވާނެ ހެން ކަންކަން ބެހެއްޓުމަކީ ރިޝްވަތުގެ ވަބާއިން ސަލާމަތް ވުމަށް ކުރެވިދާނެ މުހިއްމު ކަންކަން ކަމަށެވެ.

ރިޝްވަތު ހިފުމާއި ނާޖާއިޒް ފައިދާ ހޯދުމާއި ޚިޔާނާތްތެރި ވުމާއި މަކަރާއި ހީލަތް ހެދުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތައް ކަން ވެސް ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި ރިޝްވަތު ހިފުމުން، ފަހުން ދިމާވެދާނެ ގެއްލުމަކަށް ވިސްނައި ހުރިހާ އެންމެންވެސް އެފަދަ ކަންކަމުން ދުރުވެ ތިބުމަށް ވަނީ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

comment ކޮމެންޓް