ފައިސާއަށް މަކަރުހެދި ކަމުގެ ތުހުމަތު ޝިލްޕާ ޝެޓީ އަދި ފިރިމީހާ އަށް!

ޝިލްޕާ އަދި ފިރިމީހާ ރާޖް ކުންދްރާ --

ސައުވީސް ލައްކަ އިންޑިއަން ރުޕީޒަށް މަކަރު ހަދާފައިވާ ކަމަށް ބުނެ، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އަދި އޭނާގެ ފިރިމީހާ ރާޖް ކުންދުރާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ދެމަފިރިންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ޓެކްސްޓައިލް ފާމެއްގެ ވެރިއެކެވެ.

ތާނޭ ޕޮލިސް ސްޓޭޝަން އިން ބުނެފައި ވަނީ ޝިލްޕާ އާއި ރާޖް ކުންދްރާ އާ ދެކޮޅަށް ހުށަހަޅާފައި ވަނީ ފައިސާއަށް މަކަރު ހަދައި ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

މައްސަލައިގެ ތަފްސީލުގައި ވަނީ ޓެކްސްޓައިލް ކުންފުނީގެ ވެރިމީހާގެ ނަމުގައި ޝިލްޕާ އާއި ރާޖް 24 ލައްކަ ރުޕީޒް އާއި ހަވާލުވުމަށް ފަހު އެ ފައިސާ އެމީހާއަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ޝިލްޕާ އަދި ރާޖް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް