އިސްލާމީ މަރުކަޒު ބޭރު ފާރުގައި ހުތުރުބަހުން ލިޔުނީ އަންހެނެއް، ހުރީ މޫނު ނިވާކޮށްގެން

އިސްލާމިކް މަރުކަޒުގައި ހުތުރު ބަހުން ލިޔެފައިވާ ލިޔުން ފޮހުމަށް ކުލަލަނީ--

އިސްލާމީ މަރުކަޒު ބޭރު ފާރުގައި ހުތުރުބަހުން ލިޔުނީ އަންހެނެއްކަން ސަން އަށް މައުލޫމާތު ލިބިއްޖެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު އެމިސްކިތު ފާރުގައި ހުތުރު ބަހުން ލިޔުނީ އަންހެނެކެވެ. ހުދުކުލައިގެ ހެދުމެއްލައިގެން ހުރި އެއަންހެން މީހާ ހުރީ ކާކުކަން ނޭނގޭ ގޮތަށް މޫނުގައި ކަޅު ފޮތިގަނޑެއް އައްސައިގެންނެވެ.

އޭނާއާ އެކު އަދި ފިރިހެނެއް ހަރަކާތްތެރިވެ އެވެ. ލިޔާތަން ފެންނަނީ އަންހެން މީހާ އެވެ.

ކުރީގެ ދިރާގާއި ދިމާލަށް ހުންނަ އިސްލާމީ މަރުކަޒުގެ ފާރުގައި ސުޕްރޭކޮށް ވަރަށް ހުތުރު ބަހުން ލިޔެ ވަނީ އިންޒާރު ދީފަ އެވެ.

ތަކުރާރުކޮށް މަސައްކަތްކޮށްގެންވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ. އެހެންކަމުން އެ މައްސަލާގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަމެއް ވެސް ސާފެއްނުވެ އެވެ.

comment ކޮމެންޓް