ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު ހެދުމަށް ލޯނު ހަމަޖެހިއްޖެ

ކޮރަލް ޕްރޮޕަޓީ ޑިވެލޮޕާސް ކުންފުނިން ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު --

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އެޅުމަށް ޗައިނާގެ ބޭންކަކުން ލޯންދީފި އެވެ.

ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެމަޝްރޫ ހިންގުމަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ލޯން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ލޯނެއްކަމެއް ހާމައެއް ނުކުރެ އެވެ.

އޭނާ ވިދާޅުވީ އެލޯނުން ހަދާ 25 ބުރީގެ 16 ޓަވަރުން 7000 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ.

އެޓަނަރުތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އަންނަ އަހަރަށް އެމަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެޗްޑީސީ އިން އަންނަނީ ތަފާތު އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ވެސް ހުޅުމާލޭގައި ގިނަގުނަ ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް