ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމު ކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބުލޮގަރު ޔާމީން ރަޝީދު މަރާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ނުކުމެ، ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި އެވެ.

ޔާމިން، 29، އަށް ވަޅިން ހަމަލާދީފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ސިޑި ކައިރީގައި، އިއްޔެގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލުމުގެ ހަރަކާތުގައި ޔާމީންގެ ބައްޕަ ބައިވެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔާމީންގެ މަރާ ގުޅިގެން އެކަން ކުށްވެރިކޮށް، އެމަރަށް އިންސާފު ހޯދައި ދިނުމަށާއި ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް ގޮވާލައި ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާއްމުން ވަނީ މިއަދު އާޓިފިޝަލް ބީޗަށް އެއްވެ، ރަތް ފުއްޕާހެން ވައިގެ ތެރެއަށް ދޫކޮށްލާފައެވެ.

ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަމެއް ދޫކޮށްލާފައި މި ވަނީ، ޔާމީން މަރާލުމުގެ ކުރިން އޭނާގެ ޓްވީޓާ އެކައުންޓުގައި އެންމެ ފަހުން ހިއްސާކޮށްފައި ވަނީ ރަތް ފުއްޕާހަމަކަށްވާތީ އެވެ. އޭނާ އެ ސްޓޭޓަސް ޖަހާފައި ވަނީ މަރާލުމުގެ ދެ ދުވަސް ކުރިންނެވެ.

comment ކޮމެންޓް