މާއެނބޫދޫގައި ކަރަންޓްގައި ޖެހިގެން އަންހެނަކު މަރުވެއްޖެ

10:30
ދ. މާއެނބޫގައި ކަރަންޓް ޖެހުނު އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް މިރޭ މަރުވެއްޖެ އެވެ. މަރުވީ އެރަށު މާކޯނި، އަނީސާ އަލީ 55. އެވެ.
ކައުންސިލުގެ ނައިބު ރައީސް އިސްމާއިލް ރަޝީދު މިރޭ ވިދާޅުވީ އަނީސާ ކަރަންޓްގައި ޖެހުނީ 7:00 ޖަހާ އެހާކަންހާއިރު ގޭގެ ޓިވީ ކަރަންޓަށް ގުޅާފައި ހުރި ޓޮޕް ނައްޓައިލަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި އޭނާ ސަލާމާތް ކުރަން އުޅުނު، މާމަ ދަރިއަަކުވެސް ކަރަންޓްގައި ޖެހުނު ކަމަށެވެ.

އަނީސާ މަރުވީ ކަރަންޓް ޖެހި ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ ގާތްގަނޑަކަށް 8:00 ޖަހަން އުލެނިކޮށެވެ.

"އޭނާ މަރުކަޒަށް ގެނެސް އައިވީ ގުޅަފައި އޮތީ. އެ އައިވީއާއެކު ތެދުވެގެން ފާހާނައަށް ވެސްދިޔަ. އަދި ވަރަށް ބޮޑަށް އަތް އައްސިވެގެން ވެސް އުޅުނު. އޭގެ ފަހުން ކުއްލިއަކަށް ހާލު ދެރަވެގެން މަރުވީ. އިތުރު ފަރުވާ ދިނުމަށް ކުޑަހުވަދޫއަށް ގެންދާނެ ފުރުސަތެއް ވެސް ނުލިބުނު،" އިސްމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނީސާ މަރުވިކަން ޑޮކްޓަރުން ޔަގީންކޮށް ދިނުމަށް ފަހު ވެސް އިތުރު ޓެސްޓްތަކެއް ހެދި ކަމަށާއި ނަމެވެސް އޭގެ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"މިހާރު އޭނާ މަރުކަޒުން ނެރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އަނިސާ ކަރަންޓްގައި ޖެހުމުން އެނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓް ޝޮކް ޖެހުނު މާމަ ދަރިފުޅަށް ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.

އަނީސާ މަރުވިއިރު އޭނާގެ ހަތަރު ކުދިން އެބަތިއްބެވެ. ފިރިއަކު ނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު