ދީޕިކާ އާއި އިރްފާން މިފަހަރު ގޭންގްސްޓާރ ފިލްމަކުން

ދީޕިކާ އަދި އިރްފާން ފިލްމު 'ޕީކޫ' ގެ މަންޒަރެއްގައި --

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ޕީކޫ' އިން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ޖޯޑު، އިރްފާން ޚާން އަދި ދީޕިކާ ޕަދުކޯން އެކުގައި އިތުރު ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.

އިރްފާން އަދި ދީޕިކާ އެކުގައި ފެނިގެން ދާނީ ވިޝާލް ބަރްދްވާޖްގެ ކުރިއަށް އޮތް ޕްރޮޑަކްޝަން އިންނެވެ.

ޚަބަރުތައް ބުނާގޮތުން އެ ފިލްމަކީ މާފިއާ ޑޮން ރަހީމާ ޚާން، އާންމު ނަމުން ނަމަ ސަޕްނާ ދީދީގެ ހަޔާތުގެ މައްޗައް އުފައްދާ ފިލްމެކެވެ. ފިލްމުގައި ސަޕްނާ ދީދީގެ ރޯލުން ފެނިގެން ދަނީ ދީޕިކާ އެވެ. އިރްފާން ފެނިގެން ދާނީ ސަޕްނާ ދީދީ ދެކެ ލޯބިވާ ގޭންގްސްޓާރެއްގެ ރޯލުންނެވެ.

ފިލްމުން ފެނިގެން ދާނީ އެސް.ހުސައިން ޒައީދީގެ ފޮތް، 'މާފިއާ ކުއީންސް އޮފް މުމްބާއީ'ގެ އެއް ބާބުގައި ހިމެނޭ ވާހަކަތަކެވެ. އެއީ މުމްބާއީގެ ޑޮން ދާވޫދް އިބްރާހީމް މަރައިލި ފިރިހެނެއްގެ މަރުގެ ބަދަލު ހިފުމަށް އެ ފިރިހެން މީހާގެ އަންހެނުން ކުރާ މަސައްކަތެވެ.

ވިޝާލް ސްކްރިޕްޓް ލިޔެފައިވާ އެ ފިލްމު ޑައިރެކްޓު ކުރާނީ ހަނީ ތުރެހާން އެވެ. އެއީ ހަނީގެ ފުރަތަމަ ޑައިރެކްޝަނެވެ. ވިޝާލް ބުނީ އެ ސްކްރިޕްޓަކީ ދީޕިކާގެ އެދުމުގެ މަތިން، ދީޕިކާ އަށް ޚާއްސަކޮށް އޭނާ ލިޔެފައިވާ ސްކްރިޕްޓެއް ކަމަށެވެ.

ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭ ވަރު ވާނެ ކަމަށް ވިޝާލް ވަނީ ބުނެފައެވެ.

comment ކޮމެންޓް