ބްލެކް ޕޫލްގެ އެޑަމް ލިވަޕޫލަށް ދިއުމުގެ ފަހު ފިޔަވު މަތީގައި

ބްލެކްޕޫލްގެ ކެޕްޓަން ޗާލީ އެޑަމް ލިވަޕޫލްއަށް ބަދަލުވުމުގެ އެންމެ ފަހު މަރުހަލާއަށް ދަތުރުކުރުމަށް އެކްލަބުގެ މެޑިކަލް ޓެސްޓްގައި ބައިވެރިވެ ފާސްވެއްޖެއެވެ. މިއަދު އެޑަމްވަނީ ލިވަޕޫލްގެ މެލްވުޑް ޓްރެއިނިންގް ކޮމްޕްލެކްސްގައި މެޑިކަލް ކުރިއަށް ގެންގޮސްފަ އެވެ.

ބްލެކްޕޫލްއިން ހަތް މިލިޔަން ޕައުންޑަށް ލިވަޕޫލްއަށް އެޑަމް ވިއްކާލުމަށް އިއްޔެވަނީ އެއްބަސްވެފަ އެވެ. ސްކޮޓްލެންޑްގެ މިޑްފީލްޑަރު އެޑަމް 24 ގަޑިއިރުތެރޭގައި ލިވަޕޫލްއަށް ސޮއިކުރާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ލިވަޕޫލްގެ ކޯޗްކަމާއި ކެނީ ޑެލްގިޝް ހަވާލުވުމާއެކު އޭނާގެ ލޮލިގައި އަޅައިގަނެފައިވާ މި ކުޅުންތެރިޔާގެ ކެޕްޓަންގެ ދަށުން ބްލެކްޕޫލް ޕްރެމިއާ ލީގުން ކެޓި ނަމަވެސް އެކްލަބަށް އެޑަމް 19 ގޯލް ކާމިޔާބުކޮށްދީފައިވެ އެވެ.

އެޑަމްގެ ސޮޔާއެކު އޭނާވެގެންދާނީ އަންނަސީޒަނަށް ލިވަޕޫލްއަށް ސޮއިކުރާ ދެވަނަ ކުޅުންތެރިޔާއަށެވެ. ލިވަޕޫލްއިންވަނީ 16 މިލިޔަން ޕައުންޑަށް ސަންޑަރލޭންޑްގެ ޖޯޑަން ހެންޑަސަންގެ ސޮއިވެސް ހޯދާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު