މަސްތުވާތަކެއްޗާއެކު މާލެ ގެސްޓް ހައުސްއަކުން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ބަލާ ފާސްކުރި ގެސްޓްހައުސް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ފުލުހުން ބަލަމުންދިޔަ މައްސަލައެއްގައި މާފަންނުގައި ހުރި ގެސްޓް ހައުސްއެއް ބަލާ ފާސްކުރަނިކޮށް މަސްތުވާތަކެތި ފެނިގެން އެކަމުގެ ތުހުމަތުގެ ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުން އެ ގެސްޓް ހައުސްއަށް ފުލުހުން ވަނީ އާއިލާއަށް ފިލައިގެން އުޅޭ ކުޑަކުއްޖަކު ހޯދުމަށް ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަަށް އެ ކުއްޖާ މިހާރު ގެންގޮސްފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

އޭގެ އިތުރުން އެ ގެސްޓް ހައުސުން ފުލުހުންނަށް މަސްތުވާތަކެތި ފެނުމާ ގުޅިގެން އެކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތަށް މިރޭ ގެސްޓް ހައުސްއަކުން ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރު ކޮށްދީފަ އެވެ.

comment ކޮމެންޓް