ޕަންޕާއި ލައިފް ޖެކެޓް ހަމަކޮށް މޫސޫން ބަލައިގެން ދަތުރު ކުރަން ކޯސްޓްގާޑުން އަންގައިފި

މޫސުން ގޯސްވެ ވިއްސާރަވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުލުވުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.

ކޯސްޓްގާޑުން ބުނީ ރާއްޖޭގެ ކަނޑުތައް ގަދަވެ، ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއަށް ބުނާ ކަމަށެވެ. އެހެން ކަމުން ދަތުރުފަތުރު ކުރުމުގައި މޫސުމާބެހޭ މައުލޫމާތު ހޯދައިގެން ދަތުރުތައް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ރޭގަނޑު ދަތުރުކުރާނަމަ މޫސުމަށް ހާއްސަ ސަމާލު ކަމެއްދީ މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް މުދާ ބަރުނުކުރުމަށް ވެސް އެދިފައި ވެއެވެ. މީގެ އިތުރުން ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕާއި ލައިފްޖެކެޓް ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު