ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: ފުލުހުން

ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޔާމީން ރަޝީދު ---

ރޭ މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް ްއެންމެ މަތީ ދަރަޖައިގައި ބޭނުންކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ތަހުގީގު ޓީމެއް ވަނީ އެކުލަވާލައިފައި ކަމަށެވެ.

އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައި ޒަޚަމްތަކަކާއެކު ޔާމީން ފެނިފައި ވަނީ ރޭ ދަންވަރު 2:59ގައި ބިސްބުރު ކައިރީގައި ހުރި ގެ އެއްގެ ސިޑި ގޮޅި ތެރެއިން ކަމަށެވެ.

comment ކޮމެންޓް