އޮލިމްޕަސް ސަރަހައްދު މަގު ހަދާތީ "މީ ލޯތްބަކީ"ގެ ޝޯތައް ފަސްކޮށްފި

އޮލިމްޕަސް ސަރަހައްދު ހަދަމުންދާތީ "މީ ލޯތްބަކީ" ގެ ޝޯތައް ފަސް ކުރީ---

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން މި މަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ" ޝޯތައް އަންނަ މަހު ދައްކާ ގޮތަށް ފަސްކޮށްފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ފިލްމުގެ ޝޯތައް ފަސްކުރީ އޮލިމްޕަަސް ސަރަހައްދު މަގު ހަދަމުންދާތީ ކަމަށެވެ.

މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ރެޔާ ހަމައަށް ފިލްމުގެ ކާމިޔާބު ޝޯތަކެއް ވަނީ ދައްކާފައެވެ. ދެން ޝޯތައް ދައްކަން ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

އޮލިމްޕަސް ސަރަހައްދު ހަދަމުންދާތީ "މީ ލޯތްބަކީ" ގެ ޝޯތައް ފަސް ކުރީ---

"އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދެން ދައްކާނީ. މިހާރު އަންނަ މަހުގެ ހަތަރެއް، ފަހެއް އަދި ހަވަނަ ދުވަހުގެ ނިޔަލަށް ޓިކެޓް ވިއްކަމުން މިދަނީ. ކާމިޔާބު ޝޯތަކެއް މިދައްކާ ނިމުނީ،" ޑާކްރެއިންގެ ނުވަވަނަ ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން މޮގާ ބުންޏެވެ.

މޮގާ ބުނީ، މަގު ހަދަން ފެށުމުން ވެސް ޓިކެޓް ވިއްކާފައި ހުރި ޝޯތައް ބެލުންތެރިންނަށް ދައްކާފައި ވާނެ ކަމަށެވެ.

އޮލިމްޕަސް ސަރަހައްދު ހަދަމުންދާތީ "މީ ލޯތްބަކީ" ގެ ޝޯތައް ފަސް ކުރީ---

"އަސްލު މިކަހަލަ ދަނޑިވަޅު ތަކުގަ އެންސީއޭގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ފާހަގަ ކުރަން،" މޮގާ ވަނީ އެންސީއޭ އިން ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" އަކީ ހެއްވާ މަޖާ ލޯބީގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެކެވެ. ގާތް ރަހުމަތްތެރިންނާ އެކު އޮލިމްޕަހަށް ވަދެ ބަލާލުމަށް ރަނގަޅު ފިލްމެކެވެ.

comment ކޮމެންޓް