އަމީނީމަގަށްވާ ގޮތަށް ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލު ކޮށްފައި --- ފޮޓޯ/ އަލީ ނިސާމް

މާފަންނުކޮޅު އަމީނީމަގަށްވާ ގޮތަށް ހުރި ގުދަނެއްގެ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރޯވެފައި ވަނީ އެމްޕީއެލް ޕޯޓް ކޮމްޕްލެކްސްގެ ގޯތި ތެރޭގައި އޮތް ކަޅު ހަމެއްގަ އެވެ. އަދި ރޯވުމުގެ ސަބަބުން ޖެހިގެން ހުރި ގުދަނުގެ ފާރަށް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ. އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްޕީއެލުން ބުނެ އެވެ.

އެ ގުދަނަކީ ކޮން ބައެއް ހިންގަމުންދާ ގުދަނެއް ކަމެއް އެނގިފައެއް ނުވެ އެވެ. މިއަދު 11 ޖަހާ އެހާކަންހާ އިރު، މާފަންނުން އަމީނީމަގަށް ހުންނަ އެ ގުދަން ކައިރީގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފުން މިހާރު ވަނީ ނިއްވާލާފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް