Sun Online
ފެނަކަ އަދި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ ސީއެމްސީ
ފެނަކަ އަދި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ ސީއެމްސީ

ފެނަކަ އާއި ފުލުހުން ވެސް ގަދަ 16 އިން ޖާގަ ހޯދައިފި

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

ކްލަބް މޯލްޑިވްސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ފެނަކަ އާއި މޯލްޑިވްސް މީޑިއާ ކްލަބް ކުޅުނު މެޗު ފެނަކައިން ކާމިޔާބުކުރި އިރު އެޗްޕީއެސްއެންގެ މައްޗަށް ފުލުހުން ކުރި ހޯދައިފި އެވެ.

ފެނައިން މިއަދު ހަވީރު މާފަންނު ވެލި ދަނޑުގައި ކުޅުނު މެޗު ކާމިޔަބު ކުރީ 3-6 ގެ ނަތީޖާއަކުން މީޑިއާ ކުލަބް ބަލިކޮށްގެންނެވެ.

އެ މެޗުގައި ފެނަކައިގެ ހަ ލަނޑު ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ސޮފްވާން ރަމީޒެވެ. އަދި އެޓީމުގެ ނާވީ މުހައްމަދު ވެސް ވަނީ އޭޓީމަށް ދެ ގޯލް ކާމިޔަބުކޮށްދީފައެެވެ. އެޓީމު ގެ އަނެއް ދެ ގޯލް ކާމިޔަބުކުރީ އެރްގަޝޭވް މަންސޫރާއި އާދަމް ޝަހީމެވެ.

މީޑިއާ ކުލަބުން ކާމިޔާބުކުރި ތިން ލަނޑުއެ ޓީމަށް ކާމިޔަބުކޮށްދިނީ ރިމާހް އަހުމަދާއި އަލީ ޝާމިހު އަދި ރިލްވާން ޖަމާލުއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ ދެވަނަ މެޗުގައި ޕޮލިސް ކުލަބުން ހެލްޕިން ފޯ ޕީޕަލް ވިތް ސްޕެސިއަލް ނީޑްސް މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޕޮލިސް ޓީމުން މި މެޗުގައި ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ޒާއިދު މުސްތަފާ ، މަހްމޫދް ޒަމީމް ، އަހްމަދު ރިފްޝާން އަދި އަލީ ރިޝްވާންއެވެ.

މި ނަތީޖާތަކައި އެކު ގުރޫޕް އެފްގެ އެއް ވަނާގައި އޮތީ ފެނަކައެވެ. ޕޮލިސް ދެވަނާގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ނަމަވެސް މި ދެ ޓީމުވެސް ވަނީ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަދި މި ގުރޫޕްގެ ތިން ވަނަ މީޑިއާ ކުލަބަށް ލިބުން އިރު އެޗްއެސްޕީއެން އަށް ލިބުނީ ހަތަރު ވަނަ އެވެ. އަދި އެ ދެޓިމް ވަނީ މުބާރާތުން ކަޓާފައެވެ.

×
DB released.