އޭޝިއަން ގްރޯން ޕްރީގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ދުވުންތެރިޔާ ހަސަން ސާއިދު އަދި  ކޯޗް އަޙްމަދު ފާއިލް -- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
އޭޝިއަން ގްރޯން ޕްރީގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ދުވުންތެރިޔާ ހަސަން ސާއިދު އަދި ކޯޗް އަޙްމަދު ފާއިލް -- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓް ޗައިނާއަށް ފުރައިފި

އަޙްމަދު މުޖްތަބާ
ލިޔުނީއަޙްމަދު މުޖްތަބާ

އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދައުވަތު ދީގެން ކޮންމެ އަހަރަކު، އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ، އޭޝިއަން ގްރޯން ޕްރީގައި ބައިވެރިވުމަށް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ޗައިނާއަށް ފުރައިފިއެވެ.

ޗައިނާ އަދި ޓައިވާންގައި އޭޕްރީލް 24، 27 އަދި 30 ވަނަ ދުވަހު ބާއްވާ ގްރޯން ޕްރީގައި ބައިވެރިވުމަށް ސާއިދު ޗައިނާއަށް ފުރީ ބުރާސްފަތި ދުުވަހުއެވެ. ސާއިދާއެކު ކޯޗް އަޙްމަދު ފާއިލް ވެސް ޗައިނާއަށް ދިޔައެވެ.

މިއީ އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ރާއްޖޭގެ އެތުލީޓަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ގްރޯން ޕްރީގެ 3 ލެގްގައި ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. 100 މީޓަރު ދުވުމުގައި އޭޝިއާގެ 10ގައުމަކުން 12 އެތުލީޓުން ވާދަކުރާނެއެވެ.

އޭޝިއާގެ 19 ގައުމަކުން އެތުލީޓުން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ލެގް ކުރިޔަށްދާނީ، މިމަހުގެ 24 ވަނަ ދުވަހު ޗައިނާގެ ޖިންހުއާގައެވެ. ދެވަނަ ލެގް ކުރިޔަށްދާނީ މިމަހުގެ 27 ވަނަ ދުވަހު ޗައިނާގެ ޖިއަޒިންގ ގައެވެ. އަދި 3 ވަނަ ލެގް ކުރިޔަށްދާނީ މިމަހުގެ 30 ވަނަ ދުވަހު ޓައިވާންގެ ޓައިޕޭގައެވެ.

DB released.