ފުވައްމުލަކުން ޕެޓްރޯލް ހުސްވެ ދަތިތަކާ ކުރިމަތިވެއްްޖެ

ފުވައްމުލަކުގައި ޕެޓްރޯލް ވިއްކާ ދެ ފިހާރައަށް ޕެޓްރޯލް ނުލިބިގެން އެ ރަށުން މިއަދު ޕެޓްރޯލް ހުސްވެއްޖެ އެވެ.

ފުވައްމުލަކަށް ޕެޓްރޯލް އެތެކުރާ "ފްރީ ގައިޒް" ފިހާރައިގެ ސޭޓް މުހައްމަދު އަބުދުﷲ ބުނީ ޕެޓްރޯލް ހުސްވާން ދިމާވީ ތެޔޮ ހިފައިގެން މިއަދު އެ ރަށަށް ދިޔަ ބޯޓަށް އެ ރަށު ބަނދަރުގައި މަޑުކުރެވޭ ގޮތް ނުވުމުން ކަމަށެވެ.

"ބޯޓް އޮންނަނީ ބޭރުގައި، ދެން ކުޑަ އުޅަނދަކަށް ތެޔޮ ބަރުކޮށްގެން ބަނދަރަށް ވަންނަނީ، އެއީ ތެޔޮ އަޅާ ގޮތަކީ، ނަމަވެސް މިއަދު އާދަޔާ ހިލާފަށް ވައި ބާރުކަމުން ބޮޑު ބޯޓަށް ބަނދަރުގައި މަޑެއް ނުކުރެވުނު،" މުހައްމަދު ބުންޏެވެ. އޭނާ އަދި ބުނީ ފިއުލް ސަޕްލައިގެ ބޯޓް އަތޮޅަށް ތެޔޮ ހިފައިގެން ދިއުމަށް ފަހު ބަނަދަރު ނުކުރެވުމުން މިވަގު ގދ. އަތޮޅަށް ގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު ދަނޑިމަގު ކައުންސިލްގެ މެމްބަރު އަހުމަދު ނަޖާހު ވިދާޅުވީ އަތޮޅުން ޕެޓްރޯލް މުޅިން ހުސްވެފައިވާއިރު އެ ރަށުގެ ގާތްގަޑަކަށް 5000 މީހުންނަކީ ޕެޓްރޯލް އަޅައިގެން ދުއްވާ އުޅަނދު ފަހަރު ބޭނުންކުރާ މީހުން ކަމަށެވެ. ޕެޓްރޯލް ހުސްވުމުން ބޮޑެތި ދަތިތަކާ ދިމާވެފައިވާ ކަމަށެވެ.


ފުވައްމުލަކުގައި ޕެޓްރޯލް ވިއްކަނީ ފްރީގައިޒް ފިހާރައިންނާއި "ސްމާޓް ފިއުލް" ފިހާރައިން ނެވެ. އޭގެ ތެރެއިން ރަށަށް ޕެޓްރޯލް އެތެރެ ކުރަނީ ފްރީ ގައިޒް ފިހާރައިންނެވެ.

ފުވައްމުލަކުގެ ގާތްގަނޑަކަށް 11000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު