Sun Online
ގާސިމް އާއި ނަޝީދު: ގާސިމް ހައްޔަރުކުރުން ނަޝީދު ވަނީ ކުށްވެރި ކުރައްވާފަ-- ފޮޓޯ: މިނިވަން ނޫސް
ގާސިމް އާއި ނަޝީދު: ގާސިމް ހައްޔަރުކުރުން ނަޝީދު ވަނީ ކުށްވެރި ކުރައްވާފަ-- ފޮޓޯ: މިނިވަން ނޫސް

ގާސިިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ބޭރު ދުނިޔެއިން ފިޔަވަޅު އަޅަން ޖެހޭ: ނަޝީދު

މުއާވިޔަތު އަންވަރު
ލިޔުނީމުއާވިޔަތު އަންވަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބޭރު ދުނިޔެއިން އެކަމަށް ފިޔަވަަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯޓް އަމުރެއްގެ ދަށުން ރޭ ދަންވަރު ގާސިމް ހައްޔަރުކޮށްފައި ވަނީ 42 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށެވެ. އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެ.

"ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް. އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެ އާއި އިންޑީއާ ކަނޑުގެ ހަމަޖެހުމަށް އަސަރުކުރާނެ. ބޭރު ދުނިޔެއިން އެބަ ޖެހޭ ފިޔަވަޅު އަޅަން،" ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ، މިމަހުގެ ހަވަނަ ދުވަހުވެސް ކޯޓުއަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ތުހުމަތުގައި ގާސިމް ހައްޔަރުކުރި ނަމަވެސް، އޭރު އޭނާ ދޫކޮށްލީ ހައިކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

އެފަހަރު ގާސިމް ހައްޔަރުކުރުމުން ނަޝީދު ވިދާޅުވެފައިވަނީ ގާސިމަކީ ކުރީގައި މިނިސްޓަރުކަން ކުރައްވައި މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ގިނަ ބަޔަކަށް ވާޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވަމުން ގެންދަވާ ދީލަތި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ބަންދުކުރެއްވުމަކީ ނުހައްގުން ދޭ އަނިޔާއެއް ކަމަށެވެ.

ގާސިމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ކޯޓުން ވަނީ މިހާރު ޝަރީއަތް ފަށާފައެވެ. އެޝަރީއަތް ވަނީ ސިއްރުކޮށްފައެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދެން ޝަރީއަތެއް އޮންނާނީ އާދިއްތަ ދުވަހު އެވެ.

އެމަނިކުފާނުގެ މައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

infinity loading...
×
DB released 01.