Sun Online
Eid Greetings - Maldives Post Eid Greetings - MRDC Eid Greetings - Allied Eid Greetings - Stelco
މިރޭ ބޭއްވި ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭ ބޭއްވި ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ދިރާގުގެ ހިއްސާއަކަށް ޖުމްލަ 14.37 ރުފިޔާ

  • 2016 ވަނަ އަހަރުގެ ފަހު ޑިވިޑެންޑަށް 8.45 ރުފިޔާ
  • އިންޓަރިމް ޑިވިޑެންޑަށް 5.92 ރުފިޔާއަށް
  • ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ޖުމްލަ 1.09 ބިލިޔަން ރުފިޔާ
މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ދިރާގު ޕލކގެ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 8.45 ރުފިޔާ ބެހުމަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ފާސްކުރީ ޖުމްލަ 642.2 މިލިޔަން ރުފިޔާއެވެ. މިކަން ފާސްވެގެން ދިޔައީ ޖަލްސާއަށް ހާޒިރުވި 33 ހިއްސާދާރުންގެ ތެރެއިން 25 ހިއްސާދާރުންގެ ވޯޓާ އެކުގައެވެ.

ދިރާގުން މިދިޔަ އަހަރުގެ މެދުތެރެއިން ވަނީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 5.92 ރުފިޔާއަށް ވާ ގޮތަށް، 449.92 މިލިޔަން ރުފިޔާވެސް ބެހުމަށް ނިންމާފައެވެ.

މިރޭ ހިއްސާދާރުންގެ ވޯޓުން ނިންމި ނިންމުމާ އެކު، ދިރާގުގެ ކޮންމެ ހިއްސާއަކަށް 14.37 ރުފިޔާގެ ފައިދާ ލިބޭނެއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި އިންޓަރިމް ޑިވިޑެންޑާއި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ޖުމްލަ 1.09 ބިލިޔަން ރުފިޔާ ބަހާނެއެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި 840 މިލިޔަން ރުފިޔާ ލިބުނެވެ.

މިރޭ ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ދިރާގުގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ ވަނީ ފަސްވަނަ އަހަރަށް އައްޔަނުކޮށްފައެވެ.

ދިރާގުން ބުނި ގޮތުގައި، ދިރާގުގެ މާލީ ފައިދާ މިދިޔަ އަހަރު ބޮޑުވެފައިވަނީ އެކުންފުނީގެ މޯބައިލް ޚިދުމަތާއި އިންޓަނެޓު ބޭނުންކުރި މިންވަރު އިތުރުވުމުންނެވެ. އެގޮތުން، ދިރާގުގެ މޯބައިލް ޚިދުމަތް ބޭނުންކުރި މިންވަރު 2.6 ޕަސަންޓު އިތުރުވި ކަމަށާއި، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓު ބޭނުންކުރި މިންވަރު 12 ޕަސންޓު އިތުރުވި ކަމަށް ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވިއެވެ.

×
DB released.