Sun Online
ފާރިސް މައުމޫން --
ފާރިސް މައުމޫން --

ފާރިސްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވައިފި އެވެ.

ރޭ ދަންވަރު ވަކިވަކިން ފުލުހުން ކޮށްފައިވާ ދެ ޓްވީޓެއްގައި ބުނެފައިވަނީ، ފާރިސް ދައުލަތުން ކޮށްފައިވާ ހަރަދެއް ނުދައްކާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ގާތުން އެދިފައިވާ ކަަށެވެ.

އެ މައްސަލަ މިހާރު ތަހުގީގުކޮށް ނިންމުމަށްފަހު މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފާރިސް ވަނީ ފުލުހުންގެ އިދާރާއަށް އެކި ފަހަރު މަތިން ހާޒިރުކޮށްފަ އެވެ.

ފާރިސް މައުމޫނަކީ ސަރުކާރާއި އިދިކޮޅަށް ހަރަކާތްތެރިވާ ކޯލިޝަންގެ އިސް ބައިވެރިއެކެވެ. އެކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް ރޭ ހައްޔަރުކޮށްފައިވާއިރު ގާސިމް އާއި އެކޯލިޝަންގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

infinity loading...
×
DB released 01.