ސެޓެލައިޓް ފީ ނުދައްކާ ކަމަށް ބުނެ ޕީއެސްއެމް އިން ސަންގު ޓީވީ މައްޗަށް ދައުވާކޮށްފި

ސަންގު ޓީވީގެ ދެ ހިއްސާދާރުން ކަމަށްވާ އިބްރާހިމް ވަހީދު އަދި ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޔާމީން --- ސަންފައިލް ފޮޓޯ

ޕީއެސްއެމްގެ ސެޓެލައިޓް ބޭނުންކޮށްފައި ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ ދައުލަތުގެ މީޑީއާ (ޕީއެސްއެމް) އިން ސަންގު ޓީވީ މައްޗަށް ދައުވާ ކޮށްފި އެވެ.

މިއަދު 14:10 އަކަށް އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެ އަޑުއެހުމުގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުން ސެޓެލައިޓް ފީގެ ގޮތުގައި ސަންގު ޓީވީން ޕީއެސްއެމްއަށް ނުވަ ލައްކައެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ.

މީގެކުރިން ވެސް އެމައްސަލާގައި ޕީއެސްއެމްއިން ދައުވާ ކުރި އެވެ. އެހެން ނަމަވެސް އޭރު ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ނޭނގެ އެވެ. އެ މައްސަލާގައި އަލުން ދައުވާ ކޮށްފައި ވަނީ މި އަހަރު ތެރޭގަ އެވެ.

comment ކޮމެންޓް