ޑޯޓްމަންޑް ބަލިކޮށް މޮނާކޯ ސެމީ ފައިނަލަށް

މޮނާކޯ ޓީމް--ފޮޓޯ/ ބީބީސީ

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައި ފްރާންސްގެ މޮނާކޯ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިދެޓީމު ބައްދަލުކުރި ދެވަނަ ލެގު މެޗު މޮނާކޯއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ފުރަތަމަ ލެގު ކާމިޔާބުކުރީ 3-2 ނަތީޖާއަކުންނެވެ. މޮނާކޯ ސެމީއަށްދިޔައީ 6-3 އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ލަނޑެއް ޖަހައި ލީޑު ނެގީ މޮނާކޯއިންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭ ލޮޓިންއެވެ. އެޓީމަށް ދެ ވަނަ ލަނޑުޖަހައިދިނީ ރަޑަމެލް ފަލްކާއޯ އެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ވަލޭރާ ގެރްމައިނެވެ. ޑޯޓްމަންޑުން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ ރެއުސް އެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ އިޓަލީގެ ޔުވެންޓަސް ސްޕެއިންގެ ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ މޮނާކޯއެވެ.

comment ކޮމެންޓް