މާލޭގައި އެއް އެޕާޓްމެންޓުން އަނެއް އެޕާޓްމެންޓަށް ގިނަ ބަޔަކު އަބަދާއި އަބަދު ދިރިއުޅުން ބަދަލުކުރަމުން ދިޔަ ނަމަވެސް، އެއީ ފަސޭހަ ކަމެއް ނޫނެވެ. ގެ ބަދަލުވާ އިރު އެކުގައި ގެންދާ ފަރުނީޗަރު ރޫޅައި ރާވައި ހެދުން ވަނީ ތަކުލީފަށެވެ. ސަބަބަކީ ރޫޅައި ރާވައި ހެދުމުގެ ތެރޭގައި އެއަށް ލިބޭ ގެއްލުންތަކެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޚާއްސަ ޕްރޮޑަކްޓްތަކެއް އޭރު ރައްޔިތުން އިމްޕޯޓުކުރަމުން ދިޔައީ އަމިއްލައަށެވެ. މި މައްސަލައަށް ހައްލެއް ގެނައީ ދެހާސް ތޭރަވަނަ އަހަރު އީވޯ ހޯމުން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި ކޮލިޓީ ރަނގަޅު، ވިލާތުގެ ފަރުނީޗަރުތަކުންނެވެ. ދިހަ ބާރަ ފަހަރު ރޫޅައި ރާވައި ހެދިޔަސް މި ފަރުނީޗަރުތަކަށް ގެއްލުމެއް ނެތެވެ. މާލެއަށް ހަމަ ވަރަށް ޕާފެކްޓު ތަކެއްޗެވެ.

ރާއްޖޭގައި އެންމެ މަގުބޫލު، ފަރުނީޗަރާއި ހޯމް ސޮލިއުޝަންސްގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމުގައިވާ އީވޯ ހޯމްގެ މައި ޝޯރޫމް. އީވޯއިން ދަނީ އެ ކުންފުނީގެ ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެހާސް ތޭރައިން ފެށިގެން މިއަދާ ހަމައަށް ހަތަރު އަހަރު ވާ އިރު، އީވޯ ހޯމަކީ މިއަދު ހަމައެކަނި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ތަކެތީގެ ވިޔަފާރި ކުރާ ބައެއް ނޫނެވެ. މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އީވޯއިން ވަނީ ތަފާތު އެކި މާކެޓުތަކަށް ވަދެފައެވެ. އަދި އަތޮޅުތެރެއަށްވެސް އީވޯގެ ޕްރެޒެންސް ގެންގޮސްފައެވެ. އީވޯގެ ވިޔަފާރި ފުޅާކޮށް، މާލޭގައި ހަތަރު ފިހާރަ އަދި އައްޑޫ އަތޮޅުގައި އީވޯގެ އެއް ފިހާރަ މިހާރު ހުރެއެވެ.
އީވޯގެ ޖެނެރަލް މެނޭޖަރު މުހުތާރު ސައީދު ވިދާޅުވި ގޮތުގައި، އީވޯގެ ވިސްނުން ހުރީ ރެޒިޑެންޝަލް އަދި ކޮމާޝަލް ކޮންމެ ކަހަލަ މަޝްރޫޢަކަށް ވިޔަސް، ބޭނުންވާނެ ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓްތައް އީވޯގެ ކުޑައިގެ ދަށުން ފޯރުކޮށްދިނުމެވެ. އީވޯއިން މިހާރުވެސް ދަނީ މީގެ ތެރެއިން ގިނަ ޕްރޮޑަކްޓްތަކާއި ޚިދުމަތްތއް ފޯރުކޮށްދެމުންނެވެ.
- އީވޯ ހޯމް: ފަރުނީޗަރާއި އެޕްލަޔަންސް
- އީވޯ ފްލޯރިންގް: ފްލޯރިންގްއަށް ބޭނުންވާ އެކި ކަހަލަ ތަކެތި
- އީވޯ ސޮލިއުޝަންސް: ރިސޯޓުތަކާޢި އެފްއެންބީ މާކެޓަށް،
- އީވޯ ސާފޭސެސް: ކައުންޓަރ ޓޮޕްސްގައި ހުންނަ ފަދަ ނެޗުރަލް އަދި އިންޖިނިއަޑް ސްޓޯން
- އީވޯ ހޯމް އައްޑޫ

އީވޯގެ ޖެނެރަލް މެނޭޖަރު މުހުތާރު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އީވޯއިން ރާއްޖޭގެ މާކެޓުގައި ވިއްކާ ހުރިހާ މުދަލަކީ ވިލާތުގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތަކެވެ. މުހުތާރު ވިދާޅުވީ އީވޯގެ ޕްރޮޑަކްޓްތަކަކީ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް އަތް ފޯރާ ފަށުގައި ހުންނަ ތަކެތި ކަމަށެވެ
"އަގުތައް މިހުރީ އެންމެ އެކަށީގެންވާ ވަރުން ފެށިގެން، ލަގްޒަރީ ޕްރޮޑަކްޓްސް ބޭނުންވާ ފަރާތްތަކަށް ރޭންޖުގެ ތެރެއިން ލިބޭނެ،" މުހުތާރު ވިދާޅުވިއެވެ.
"އީވޯއޭ ބުނީމަ ބައެއް ފަހަރު ހީވޭ ޕްރޮޑަކްޓުތަކުގެ އަގު ބޮޑުވާނެއޭވެސް. އެކަމަކު އަޅުގަނޑުމެން ހުރިހާ ކަސްޓަމަރުންނަށް އެފޯޑަބަލް އަގުތަކެއްގައި ތަކެތި ހުންނާނީ."
މީގެ އިތުރުން ކަސްޓަމަރު ބޭނުންވާ ގޮތަކަށް، ބޭނުން ސައިޒަކަށްވެސް ކަބަޑު ފަދަ ތަކެތި ޕްރީއޯޑަރުކޮށްގެން ރާއްޖެ ގެނެވޭނެއެވެ. އީވޯގެ އެންމެ ޚާއްސަ ކަމަކީ އެއީއެވެ.

ރާއްޖޭގައި އެންމެ މަގުބޫލު، ފަރުނީޗަރާއި ހޯމް ސޮލިއުޝަންސްގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމުގައިވާ އީވޯ ހޯމްގެ މައި ޝޯރޫމް. އީވޯއިން ދަނީ އެ ކުންފުނީގެ ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އީވޯގެ ހަތަރު އަހަރުގެ ކުރު ތާރީޚުގައި ވަނީ އެކިއެކި މާކެޓުތަކަށް ވަދެ، ވިޔަފާރި ވަރަށް ކުރިއަރުވަމުންނެވެ. ހުޅުމާލޭގައި ފެކްޓްރީއަކާ އެކު އީވޯއިން ހުޅުވާފައިވާ "އީވޯ ސާފޭސެސް"އަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އީވޯ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންނެވެ. ދުވެލި ދަނީ ބާރުވަމުންނެވެ.
"މިކަމުގެ ސަބަބަކީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު. ކަސްޓަމަރުންގެ ފަރާތުން ލިބޭ ކޮމެންޓްސް. އަދި ޚިދުމަތް ދޭން ތިބޭ އަޅުގަނޑުމެންގެ ސްޓާފުންގެ ބޮޑު ދައުރެއްވެސް މިކަމުގައިވޭ،" މުހުތާރު ވިދާޅުވިއެވެ.
އީވޯގެ ކާމިޔާބުގެ ވާހަކަ ކިތަންމެހާ ވެސް ދެއްކިދާނެއެވެ. ސަބަބަކީ ޔަގީންކަމާއި އިތުބާރެވެ. ކުރިޔަށް އޮތް ތަނުގައިވެސް ކަން އޮންނާނީ މިހެންކަން ކަށަވަރުކުރުމަށް އީވޯއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް ކަސްޓަމަރުންނަށް މުޅިން އާ، ޝައުގުވެރި ކަންތައްތަކެއް އީވޯގެ ފަރާތުން ފެނިގެން ދާނެކަމުގެ ޔަގީންކަން އީވޯގެ ޖެނެރަލް މެނޭޖަރު އެރުވއްވިއެވެ.
"މިވަގުތު މިކަންކަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވަމާ. އެކަމަކުވެސް އަޅުގަނޑުމެން މިހާރުވެސް މިދަނީ ތަފާތު ކަންކަން ރާވައި، ރާއްޖެއަށް ގެންނާނެ އިތުރު ތަކެތިވެސް ބަލަމުން،" މުހުތާރު ވިދާޅުވިއެވެ.