އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރާނެ

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވަލެތު ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް: ކޮމަންވެލްތުން ވަކިވުމަށް ރާއްޖެ އިން މިއަދު ވަނީ ނިންމާފައި --- ފޮޓޯ: އެމްއޯސީ

އަންނަ މެއި މަހުގެ 12 އިން 22 އަށް އަޒަރްބައިޖާންގެ ބާކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ފަސް ކުޅިވަރަކުން ބައިވެރިވާން ނިންމައިފިއެވެ.

ބަކޫގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ ފަސް ކުޅިވަރަކުން ފަނަރަ އެތްލީޓުންނެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާ ކުޅިވަރުތަކަކީ އެތްލެޓިކްސް އާއި ސްވިމިންގް އާއި ޓޭބަލް ޓެނިސް އާއި ޝޫޓިންގެ އިތުރަށް ޓެނިސް އެވެ.

ރާއްޖެއިން އެ މުބާރާތުގައި ވާދަކުރާ ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ސައީދު މުހައްމަދު ހަމަޖައްސާފައިވާއިރު އޭނާގެ ނައިބަކަށް ހަމަޖައްސާފައި ވަނީ މުއުމިނާ އާދަމެވެ. އޮލިމްޕިކް ކޮމިޓީން ބުނީ މި ދެބޭފުޅުން އެ މަގާމުތަކަށް ހަމަޖެއްސީ އެ ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީން ކަަމަށެވެ.

ގޭމްސްގައި ވާދަކުރާ ޑެލިގޭޓްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ މުހައްމަދު ފަޔާޒް ރިޒާ އެވެ. ޑެލިގޭޓްގެ ޗެފް ޑެ މިޝަން އަދި ނައިބު ބަކޫއަށް ދިޔުމަށް ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.

comment ކޮމެންޓް