ނާސިރާގެ ފައިސާއިން ނުކުޅެދޭ ފަރާތްތަކަށް ވީލް ޗެއާ ފޯރުކޮށްދީފި

ވީލް ޗެއާ ފޯރުކޮށްދިނުމަށް އެސްޓީއޯގަ ބޭއްވި އިވެންޓްގެ ތެރެއިން ހިޝާން--- ސަން ފޮޓޯ/ފަޔާޒު މޫސާ

ސަލާން ޖެހުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރި މަރްހޫމާ ނާސިރާ އަބްދުﷲގެ ފަރާތުން އޭނާގެ އާއިލާއިން، ހަދިޔާ ކުރި ފައިސާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވީލް ޗެއާއަށް ބޭނުން ޖެހިފައިވާ ބައެއް ފަރާތްތަކަށް، ވީލްޗެއާ ހަދިޔާކޮށްފިއެވެ.

އެ ތަކެތި ހަދިޔާކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ. މިއަދު މެންދުުރު އެސްޓީއޯ ހެންވޭރު ފާމަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޖުމްލަ ހަތަރު ގޮނޑި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ހަވާލު ކޮއްދީފައެވެ.

ވީލް ޗެއާ ފޯރުކޮށްދިނުމަށް އެސްޓީއޯގަ ބޭއްވި އިވެންޓްގެ ތެރެއިން--- ސަން ފޮޓޯ/ފަޔާޒު މޫސާ

ޑިޒެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއާ، އެތަކެތި ގަތުމަށް ފައިސާ ހަވާލުކުރީ ނާސިރާގެ ވާރިސުންގެ ފަރާތުން ފާތިމަތު ނަޖުމާ އެވެ. ހިޝާން ވިދާޅުވި ގޮތުގައި ވީލްޗެއާތައް ގަތީ ނާސިރާގެ ފަރާތުން ހަވާލުކުރި ފައިސާއިން އެސްޓީއޯ މެދުވެރިކޮށެވެ.

އޭނާ ވިދާޅުވީ ނާސިރާގެ ފަރާތުން އޭނާ އާ ދެ ލައްކައެއްހާ ރުފިޔާ ހަވާލުކުރި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އެ އަދަދަށްވާ ފައިސާ އަޅުގަނޑުގެ އެކައުންޓުގައި ބަހައްޓައިގެން އެކަން ކުރުމަށް. އެހެންވެ އެންމެ އިންސާފުވެރި އަދި އެންމެ ނަޒާހަތްތެރި ގޮތަކަށް މިކަން ކުރަން އަޅުގަނޑު އެސްޓީއޯއާ މި ފައިސާ ހަވާލުކޮށް އެސްޓީއޯ މެދުވެރިކޮށް ގޮނޑި ގެނައީ،" ހިޝާން ވިދާޅުވިއެވެ.

ވީލް ޗެއާ ފޯރުކޮށްދިނުމަށް އެސްޓީއޯގަ ބޭއްވި އިވެންޓްގެ ތެރެއިން--- ސަން ފޮޓޯ/ފަޔާޒު މޫސާ

ހިޝާން ވިދާޅުވި ގޮތުގައި އެފައިސާއިން ޖުމްލަ އަށް ގޮނޑި ވަނީ ގަނެފައެވެ. ނަމަވެސް މިއަދު ހަވާލު ކުރީ ހަތަރު ގޮނޑި ކަމަށާއި ބާކީ ހަތަރު ގޮނޑި ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ ހދ. ކުޅުދުއްފުށީގެ ތިން ކުންޖަކަށާއި ހދ. ނޮޅިވަރަންފަރުގެ އެއް ކުއްޖަކަށެވެ.

އެ އަށް ގޮނޑީގެ އިތުރުން ނަން ހާމަ ކުރަން ބޭނުން ނުވާ، ހެޔޮ އެދޭ ފަރާތަކުންވެސް ވަނީ އިތުރު ގޮނޑިއެއް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް